ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިދިކޮޅު ފަރާތްތަކުން ބޭކާރު އެއްޗެއްގެ ގޮތުގަައި ސިފަ ކުރި، ޑްރޯންތައް ބޭނުންކޮށްގެން އަތުލައިގަތް ބޯޓުގައި 300 ކިލޯ މަސްތުވާތަކެތި!

އިދިކޮޅު ފަރާތްތަކުން ބޭކާރު އެއްޗެއްގެ ގޮތުގަައި ސިފަ ކުރި، ޑްރޯންތައް ބޭނުންކޮށްގެން އަތުލައިގަތް ބޯޓުގައި 300 ކިލޯ މަސްތުވާތަކެތި!

އިދިކޮޅު ފަރާތްތަކުން ބޭކާރު އެއްޗެއްގެ ގޮތުގަައި ސިފަ ކުރި، ޑްރޯންތައް ބޭނުންކޮށްގެން އަތުލައިގަތް ބޯޓުގައި 300 ކިލޯ މަސްތުވާތަކެތި ހުރިކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ރާއްޖޭގެ އަސްކަރިއްޔާއަށް ގަނެފައިވާ ޑްރޯންތަކަކީ ބޭކާރު އެއްޗެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކޮށްފައިވަނިކޮށް، ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި އިއްޔެ ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފުލަމުންދިޔަ ސްރީ ލަންކާގެ މަސްބޯޓެއް ހުއްޓުވައި އަތުލައިގެންފަ އެވެ.

މިކަން ލަންކާގެ ނޫހެއްގައި ވެސް ބުނެފައިވާއިރު، ދިވެހި ފުލުހުން ވެސް ރޭ ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، މިކަމާ ގުޅޭ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. ޑްރޯންގެ ބޭނުންތެރިކަން މިހާރު ވަނީ މިކަމުން ސާބިތުވެފަ އެވެ.

އެމްއެންޑީއެފުން އިއްޔެ ބުނެފައިވާ ގޮތުގައި، އެ ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯޑިނޭޝަން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވައިލަންސް އޮޕަރޭޝަނެއްގަ އެވެ. ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަން އިން އެ ބޯޓު އިންޓަސެޕްޓްކޮށް ދިވެހި ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ލަންކާގެ ނޫހެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދިވެހި ސިފައިން އިއްޔެ އަތުލައިގަތީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. އެ ބޯޓުގައި ތިބި ލަންކާގެ ހަ މަސްވެރިއަކު ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައި ވެ އެވެ.

ބޯޓު އެމްއެންޑީއެފުން ހޯދާފައިވަނީ، ލަންކާގެ ކަނޑުގެ ސިފައިން ފޯރުކޮށްދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ލަންކާގެ ޓީމެއް ރާއްޖެ އަންނަން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ވެސް ލަންކާގެ ކޯސްޓް ގާޑުން ވަރަށް ފަހުން ވަނީ އަތުލައިގެންފަ އެވެ. އެ ބޯޓުން 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ.