ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުޒާހަރާގައި 10 ބައިވެރިން، ފުލުހުން އެއްބާރުލުންދީފި ނަމަ ވެރިކަން ވައްޓާލާނަން: އޮޑިޓަރު ޔައުގޫބު

މުޒާހަރާގައި 10 ބައިވެރިން، ފުލުހުން އެއްބާރުލުންދީފި ނަމަ ވެރިކަން ވައްޓާލާނަން: އޮޑިޓަރު ޔައުގޫބު

މިހާރު މި ހިނގަމުންދާ ގާނޫނީ ވެރިކަން ވައްޓާލަން މިހާރު ބޭނުން ވަނީ ފުލުހުންގެ އެއްބާރުލުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔައުގޫބު ވިދާޅުވެއްޖެއެވެ.

ޔައުގޫބު މިހެން ވިދާޅުވީ މުޒާހަރާގެ ނަމުގައި އެމްޑީޕީގެ މަދުބަޔަކު ނިކުމެ ކުރިއަށްދާ ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޔައުގޫބު އިތުރަށް ވިދާޅުވީ ފުލުހުން އެމީހުންނަށް އެއްބާރުލުން ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އެއްބާރުލުން ދޭ ހިސާބުން މިކަން ނިންމާނެ ކަމަށެވެ. އަދި ފުލުހުންނަށް ވެސް ފުރިހަމަ މިނިވަންކަން ލިބި މި ރާއްޖެ މިނިވަން ކޮށްދޭނެ ކަމަށެވެ.

ޔައުގޫބު ވިދާޅުވީ ވެރިކަން ވައްޓާލުމަށްޓަކައި މިހާރު ބޭނުންވަނީ ފުލުހުންގެ އެއްބާރުލުން އެކަނި ކަމަށެވެ. އަދި ފުލުހުން އެއްބާރުލުން ނުދޭންވީ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


ޔައުގޫބު ވިދާޅުވީ ވެރިކަން ބަދަލުކުރަން އެންމެ ރަނގަޅީ ރޯދަ މަހު ކަމަށާއި 17 ވަނަ ދުވަހަކީ އެކަމަށް އެންމެ މުނާސަބު ދުވަސް ކަމަށެވެ.


އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅިގެން ބައެއް ބޭފުޅުން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ކަމަށެވެ. އެހެން ނަމަވެސް މުޒާހަރާގެ ހުރިހާ ބައިވެރިން ފުލުސް އޮފީހަށް ހާޒިރުކުރިޔަސް މުޒާހަރާތައް ނުހުއްޓުވޭނެ ކަމަށެވެ.


މުޒާހަރާތަކާ ގުޅިގެން މިހާތަނަށް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އާއި އެމްޑީޕީ ގައުމީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ އިތުރުން ޓެކްސީ ޑްރައިވަރު މުހައްމަދު ޝާމިންއެވެ.


މީގެ ކުރިން ބޭއްވި ހަރަކާތެއްގައި މަންދީ މެޑަމް ސާޖިދާގެ ދަރިކަލުންނާއި ގުޅިގެން ދެއްކި ވާހަކައިން ގިނަބައެއްގެ ނުރުހުން ވަނީ އެމްޑީޕީއަށް އަމާޒުވެފައެވެ.