ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް މިރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެ
ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހއ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް މިރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނިމާދޫގައި މިރޭ ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ސަރަހައްދުގެ ރައްޔިތުންގެ ބޮޑު ބައިވެރިވުމެއް ފެނިގެންދާނެއެވެ. ރައީސްއާއި އެހެނިހެން މެހުމާނުންނަށް މަރުޙަބާ ދެންނެވުމަށް ސަޤާފީ ހުށައެޅުންތަކާއި، ހަވާއެރުވުމުގެ ހަރަކާތްތައްވެސް ވަނީ ހަމަޖެހިފައެވެ.
Ads by BMLހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ގޮތުން ފުރަތަމަ ފަހަރަށް އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް މިރޭ އެ އެއާޕޯޓުގައި ޖައްސާނެއެވެ. މިއީ 150 މީހުންގެ ޖާގައިގެ ނެރޯ ބޯޑީ ފްލައިޓެކެވެ. އޭ-320 ޖައްސަން ފަށަނީ، ރަންވޭ ބޮޑުކޮށް ގެނެސްފަވާ ބަދަލުތަކާއެކުއެވެ.
136.6 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ އައު ޓާމިނަލްގައި 2465 މީޓަރުގެ ދިގު ރަންވޭއެއް ހިމެނެއެވެ. މި ރަންވޭގައި ބޮއިން 737 އާއި އެއަރބަސް A320 ފަދަ ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭނެއެވެ. އަދި މި އެއާޕޯޓަކީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ފެންވަރުގެ އެއާޕޯޓެކެވެ.
Ads by MACL
