އެމްޑީ ފަހުމީގެ ހާއްސަ ނަސޭހަތް: ކުޑަކުދިންގެ ހައްގަކަށް އަރައިނުގަނޭ، އެފަދަ އަމަލުތަކާއި ދެކޮޅަށް ހައްގު ބަސް ބުނޭ!
ކުޑަކުދިންގެ ހައްގަކަށް އަރައިގަތުމުން ދުރުވެ ތިބުމަށާއި، އެފަދަ ނޭއްގާނީ އަމަލުތަކާއި ދެކޮޅަށް ހައްގު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށް ވުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ގޮވާލައްވައިފިއެވެ.
ފަހުމީ މިހެން ގޮވާލެއްވީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން ފަސްޓްލޭޑީ މެޑަމް ސާޖިދާގެ ދަރިކަލުން މުހާތަބުކޮށް މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަންދީ ވަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތައްކޮށް އެކިކަހަލަ ފުރައްސާރަ ކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން އިލެކްޝަން ކޮމިޝަނުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ މިފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އެމްޑީޕީއަށް އަމާޒް ވެފައެވެ.
Ads by BMLއެމްޑީ ފަހުމީ އިތުރަށް ވިދާޅުވީ އިޖުތިމާޢީ އަދި ސިޔާސީ އެކި މަންސަތަކުގައި އެއްވެސް ޙާލަތެއްގައި ކުޑަކުދިންގެ އަބުރާއި ބެހި، އެކުދިންގެ ކަރާމާތަށް އަރައިގަތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ޒާތީ ރުޅިވެރިކަމެއްގައި ވިޔަސް، ނުވަތަ ސިޔާސީ ވާދަވެރިކަމުގައި ވިޔަސް، އަޅުގަނޑުމެން އެންމެންނަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުމުން ދުރުވެތިބޭ ބަޔަކަށް ވުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން އެފަދަ ނޭއްގާނީ ޢަމަލުތަކާއި ދެކޮޅަށް ޙައްޤު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށް ވަމާތޯއެވެ.
އިޖުތިމާޢީ އަދި ސިޔާސީ އެކި މަންސަތަކުގައި އެއްވެސް ޙާލަތެއްގައި ކުޑަކުދިންގެ އަބުރާއި ބެހި، އެކުދިންގެ ކަރާމާތަށް އަރައިގަތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މިފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ޒާތީ ރުޅިވެރިކަމެއްގައި ވިޔަސް، ނުވަތަ ސިޔާސީ ވާދަވެރިކަމުގައި ވިޔަސް، އަޅުގަނޑުމެން އެންމެންނަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުމުން ދުރުވެތިބޭ، އަދި އެފަދަ ނޭއްގާނީ ޢަމަލުތަކާއި ދެކޮޅަށް ޙައްޤު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށް ވަމާތޯ- އެމްޑީ ފަހުމީ
މި މައްސަލަ ބަލައި ތަހުގީގު ކުރުމަށް އެކިއެކި ފަރާތްތަކުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
Ads by MACL
