ހުޅުމާލެ ފޭސް 2ގައި ހިނގި އެކްސިޑެންޓްގައި 19 އަހަރުގެ ކުއްޖަކު މަރުވެއްޖެ
ހުޅުމާލެ ފޭސް 2 ގައި ރޭ މެންދަމު ހިނގި އެކްސިޑެންޓްގައި އުމުރުން އެންމެ 19 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓްގައި މަރުވީ، ލައިޓްގާޑެން/ ކ.ދިއްފުށި އިސްމާއިލް ރަޔާން ބިން ނާޒިމް (19އ.) އެވެ.
ހުޅުމާލެ ފޭސް 2، ނިކަގަސްމަގުގައި މި ހާދިސާ ހިނގާފައިވާއިރު، މި އެކްސިޑެންޓުގައި މަރުވި ކުއްޖާގެ އިތުރުން 2 މީހުންނަށް އަނިޔާވެފައިވެއެވެ.
Ads by BMLފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ނިކަގަސް މަގުގެ "ވަންވޭ" އާ އިދިކޮޅަށް ބާރު ސްޕީޑުގައި ބާރަށް ދުއްވި ސައިކަލެއް، އެ މަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެކްސިޑެންޓް ހިނގުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
Ads by MACL
