ލިލީގެ ޓިކެޓު ގަންނަ ކޮންމެ މީހަކަށް ލިލީއެއް!
ދިވެހި ފިލްމު ލިލީގެ ޓިކެޓު ގަންނަ ކޮންމެ މީހަކަށް ލިލީއެއް ދޭން އެޓީމުން ނިންމައިފި އެވެ.
މިހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2ގައި ހުންނަ ހިޔާ ޕާކުގަ އެވެ. މި ހަރަކާތުގައި ލިލީ ފިލްމުގެ ޓިކެޓު ވިއްކުމުގެ އިތުރުން ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯ މޭންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މަގުބޫލު ބޮޑުބެރު ގްރޫޕު ހޭވައްލާއިންވެސް ބައިވެރިވާނެ އެވެ.
ލިލީގެ ފުރަތަމަ އަދި ދެވަނަ ޝޯގެ ޓިކެޓު މިހާރު މުޅިން ހުސްވެފައިވާއިރު އިތުރު ޝޯތަކުގެ ޓިކެޓުވެސް މިހާރު ދަނީ ވިއްކަމުންނެވެ. އޮލިމްޕަސް ޓިކެޓު ކައުންޓަރުން މިހާރު ޓިކެޓު ލިބެން ހުރި ލިލީ ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
Ads by BMLލިލީގެ ހޮޓްލައިން 7505079 އަށް ގުޅައިގެންވެސް ފިލްމުގެ ޓިކެޓު ނެގޭނެ އެވެ. މީގެ އިތުރުން ރަށްތަކުގައި އަޅުވަން އެދިވެސް މި ނަމްބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. ލިލީ އަޅުވަން މިހާރުވެސް ގިނަ ރަށްތަކަކުން ވަނީ އިއުލާން ކޮށްފަ އެވެ.
ލިލީ ފިލްމުގެ ނަން އިއުލާން ކުރުމަށް މި އަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންދިޔަ އެވެ. ”ލިލީ ލިބިއްޖެ“ ގެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕެއިންގައި 400 އަށްވުރެއް ގިނަ ލިލީ ބެހި އެވެ.
Ads by MACL
