ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބާސެލޯ މޯލްޑިވްސް ކައިރީ ދެ ދޯނި ޖެހި އެކްސިޑެންޓެއް: އެއް ދޯނި އަޑިއަށް ގޮސްފި

ބާސެލޯ މޯލްޑިވްސް ކައިރީ ދެ ދޯނި ޖެހި އެކްސިޑެންޓެއް: އެއް ދޯނި އަޑިއަށް ގޮސްފި

ބާސެލޯ މޯލްޑިވްސް ރިސޯޓުގެ ދެ ދޯނި ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބުނު ކަމުގައި ވިޔަސް، އެއް ދޯނި ވަނީ މުޅިން އަޑިއަށް ގޮސްފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓްގެ ޚަބަރު ލިބިފައި ވަނީ މިއަދު މެންދުރު 12:29 ހާއިރުއެވެ. އެކްސިޑެންޓް ހިނގާފައި ވަނީ ބާސެލޯ މޯލްޑިވްސް ރިސޯޓްގެ ފުއްޓަރު ފަރާތާއި ދިމާ ބޭރުގައި، އެކްސްކާޝަން ދަތުރެއްގައި އުޅުނު ދެ ދޯންޏަށް ދެ ދޯނި ޖެހިގެންނެވެ.

މި ހާދިސާގައި އެއް ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ދޯނި ވަނީ އަޑިއަށް ގޮސްފައެވެ. އަނެއް ދޯނީގެ ޑެކަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް ފަރާތަކަށް ހާނިއްކައެއް ނުލިބޭ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.