ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީން ރައީސްގެ ދަރިކަލުންނަށް ފުރައްސާރަކުރުން، މަންދީ، ފައްޔާޒު އަދި އެމްޑީޕީއާއި ދެކޮޅަށް ދައުވާ ކުރާނެ!

އެމްޑީޕީން ރައީސްގެ ދަރިކަލުންނަށް ފުރައްސާރަކުރުން، މަންދީ، ފައްޔާޒު އަދި އެމްޑީޕީއާއި ދެކޮޅަށް ދައުވާ ކުރާނެ!

ރައީސްގެ ދަރިކަލުންނަށް އެމްޑީޕީން ފުރައްސާރަ ކުރިމައްސަލަ ތަހުގީގުކޮށް ބަލައިދިނުމަށް ހުށައަޅަން ނިންމައިފިއެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް މައްސަލަ ހުށައަޅަން ނިންމާފައިވަނީ މުޅި އެމްޑީޕީ އަދި ފައްޔާޒު އިސްމައިލް އަދި މީކާއިލް ނަސީމްގެ މަންމަ މަންދީއާއި ދެކޮޅަށެވެ.

އެމްޑީޕީ އާއި ދެކޮޅަށް ދައުވާ ކުރަން ނިންމީ އެއީ އެމްޑީޕީގެ ރެލީއެއްގެ ތެރެއިން ކަމަށް ވާތީއެވެ. އަދި މަންދީ އާއި ދެކޮޅަށް ދައުވާ ކުރަން ނިންމީ އެއީ ސީދާ މަންދީ ދެއްކި ވާހަކައަކަށް ވީތީއެވެ.

ފައްޔާޒު އިސްމައިލް އާއި ދެކޮޅަށް ދައުވާ ކުރުމަށް ނިންމާފައިވަނީ ފައްޔާޒު އެކަން ދިފާޢު ކޮށް ނެރުނު ޓްވީޓަކާއި ގުޅިގެންނެވެ.