ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކާށިދޫ ފަރަށް ބޯޓެއް އަރައި، 10 މީހުން ސަލާމަތްކޮށް ގެއްލުނު މީހާ ހޯދަނީ

ކާށިދޫ ފަރަށް ބޯޓެއް އަރައި، 10 މީހުން ސަލާމަތްކޮށް ގެއްލުނު މީހާ ހޯދަނީ

މާލެއިން ފުރައިގެން ކ. ކާށިދޫއަށް ދަތުރުކުރި "ފައިސަލާ ބޯޓު" ނަމަކަށް ކިޔާ އުޅަނދެއް އެ ރަށު ފަރަށް އަރައިފިއެވެ. މި ހާދިސާގައި ބޯޓުގައި ތިބި 11 މީހުންގެ ތެރެއިން 10 މީހުން ސަލާމަތްކޮށްފައިވާއިރު، ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން ކުރި މަސައްކަތުން، ބޯޓުން ދަތުރުކުރި 10 މީހަކު ސަލާމަތްކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ބޯޓުގައި ހުރި އެންމެ ފަހު މީހާއެވެ. އޭނާ ހޯދުމަށް ކޯސްޓްގާޑުން އަދިވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.