ފުވައްމުލަކު ސިޓީއަށް ދިމާވި ފެނުގެ މައްސަލަ ހައްލުކޮށް ހުރިހާ ގޭބިސީއަކަށް ފެންދޫކުރަންފަށައިފި
ފުވައްމުލަކު ސިޓީގެ ފެނުގެ ވިއުގައަށް ދިމާވި މައްސަލަ ހައްލުކޮށް، ސިޓީގެ ހުރިހާ ގޭބިސީއަކަށް އަލުން ފެން ދޫކުރަން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެނުގެ ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު، މި މައްސަލަ ހައްލުކޮށްފައިވަނީ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ.
ފެނަކައިން ބުނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ފެނުގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރުކޮށް، ހުއްދަ ދިނުމާއެކު ފެން ދޫކުރަން ފަށާފައިވާ ކަމަށެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ނަޖާހު ވިދާޅުވީ، ސިޓީގެ އެކި ސަރަޙައްދުތަކަށް ވަކި ތާވަލަކުން ފެން ދޫކުރަމުން އަންނަ ކަމަށާއި، މިއަދުގެ މެންދުރާ ހަމައަށް ހުރިހާ ހިސާބަކަށް ފެން ލިބޭނެ ކަމަށެވެ.
ފުވައްމުލަކު ސިޓީއަށް ފެނުގެ ޚިދުމަތް މެދުކެނޑުނީ ފެނުގެ ވިއުގައަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކަކާ ކުރިމަތިވެ، ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ވެސް ކޮށްފައިވެއެވެ.
Ads by BMLމިފަދަ ނާޒުކު ދަނޑިވަޅެއްގައި، ސަރުކާރުން މައްސަލަ ހައްލުކުރުމަށް ގަޑިން ގަޑިއަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް، އިދިކޮޅު ފަރާތްތަކުން މިކަމުގެ ނާޖާއިޒު ފައިދާ ނަގައި، ސިޔާސީ މަގްޞަދެއް ހާސިލްކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ފެނުގެ މައްސަލަ ހައްލުނުވާ ކަމަށް ދޭހަވާފަދަ ވާހަކަތައް ފަތުރައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް އިދިކޮޅުން މަސައްކަތް ކުރި ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.
ނަމަވެސް، ސަރުކާރުގެ އަވަސް ހަރަކާތާއެކު މިހާރު މި މައްސަލައަށް ވަނީ ދާއިމީ ހައްލެއް ލިބިފައެވެ. ފެނަކައިން ވަނީ ކުރިއަށް އޮތް ތަނުގައިވެސް ވިއުގަގައި އިތުރު މައްސަލަތަކެއް ހުރިތޯ ބަލައި، އެކަންކަން ހައްލުކުރުމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.
Ads by MACL
