މިނިސްޓަރެއްގެ ފެންވަރުގައި ނަރީޝް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރަކަށް
ދާދި ފަހުން ސިޓީ ކައުންސިލުން އިސްތިއުފާދެއްވި ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގެ މަގާމެއްގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރަކަށް އައްޔަނު ކުރައްވައިފިއެވެ.
މިކަން މިނޫހަށް ވަނީ ކަށަވަރު ވެފައެވެ. މިވަގުތު ޔޫތު މިނިސްޓަރަކަށް ހުންނެވީ އިބްރާހިމް ވަހީދު އަސްވާޑުއެވެ.
ނަރީޝް ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުއާއި އެކު މާލެ ސިޓީކައުންސިލްގައި ގިނަ ދުވަސްތަކަކަށް މަސައްކަތް ކޮށްފައެވެ.
Ads by BMLނަރީޝް އިސްތިއުފާ ދެއްވީ އެހެން ދާއިރާއަކުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބިވަޑައިގަތުމުން ކަމަށް އިސްތިއުފާދެއްވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
Ads by MACL
