ދުޅަހެޔޮ ޤައުމެއް ބިނާކުރުމުގެ ޢަޒުމު އައުކުރުމަށް ރައީސް ގޮވާލައްވައިފި
ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައި، ދިވެހިންނަކީ ބަލިތަކުން ދުރު، ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކުރުމުގެ ޢަޒުމު އައުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ބާރުއެޅުއްވީ، ގައިގައިން ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ޅައިރުންސުރެ ޞިއްޙީ ރަނގަޅު އާދަތަކަށް އަހުލުވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.
https://twitter.com/MMuizzu/status/1989187902337872088?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1989187902337872088%7Ctwgr%5E455329fff8fd304bd5b37bd5ea6f87946ac1da55%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMMuizzu%2Fstatus%2F1989187902337872088ހަކުރުބަލީގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ހަށިގަނޑު ހަރަކާތްތެރިކޮށް، ދުވަހުގެ ކަންކަން ރާވާއިރު ޞިއްޙަތަށް އިސްކަންދިނުމަށާއި، ހަށިގަނޑަށް ގެއްލުންދެނިވި ކަންކަމުން ދުރުހެލިވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
Ads by BMLމީގެ އިތުރުން، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް އަމިއްލަ ޖަމްޢިއްޔާތަކާއި އާންމު ފަރުދުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ދުވަސްތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހަކުރުބަލި ފަދަ ބަލިތަކަށް މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަސް ފާހަގަކުރެއެވެ. މިއަހަރުގެ ދުވަހުގެ ޝިޢާރަކީ "ހަކުރު ބައްޔާއި ދުޅަހެޔޮކަން" އެވެ.
Ads by MACL
