ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ނޫސްވެރިޔަކަށް ބިރުދެއްކި ވާހަކައަކީ އަސާސެއް ނެތް ދޮގުވާހަކަތަކެއް!

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސުލް ޖުމްހޫރިއްޔާ ނޫސްވެރިޔަކަށް ބިރުދެއްކި ވާހަކައަކީ އަސާސެއް ނެތް ދޮގު ވާހަކައެއްކަން އެނގިއްޖެއެވެ.

މީގެ ދެތިން ދުވަސް ކުރިން ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއްގެ ވެރިޔަކަށް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ފޯނުން ގުޅައި ބިރުދެއްކި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެހެން ނަަމަވެސް އެއްވެސް ހެެއްކެއްނެތި މިފަދަ ވާހަކައެއް ދައްކާފައިވުމުން ގިނަ ބަޔަކުދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައީސަކު އެފަދަ ކަމެއް ކުރައްވާނެކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ދަނީ ބުނަމުންނެވެ.

ރައީސް އަކީ އެ ލެވެލްއަށް ވެއްޓޭނެ ބޭފުޅެއްނޫން. ދޮގު ހަބަރު ގެނެސްދޭ ބަޔަކު ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ- ސޯޝަލް މީޑިއާ

ރައީސް އާއި ގުޅުވައިގެން މިފަދަ ވާހަކައެއް ދައްކަމުން ދަނީ، ރައީސްގެ ދަރިކަލުންނާއި ގުޅިގެން އެމްޑީޕީގެ އެެއްވުމެއްގައި ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކުމާއި ގުޅިގެން އެފަރާތްތަކުގެ މައްޗަށް ދައުވާ ކުރާނޭ ކަމަށް ރައީސް އާއިލާއިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.