ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންއެފްގެ ޖަލްސާ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެ ފަސްކޮށްފި

ޕީއެންއެފްގެ ޖަލްސާ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެ ފަސްކޮށްފި

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބާއްވަން ހަމަޖައްސާފައިވާ ފްރޮންޓް އޮފީސް ޓައުން ހޯލް ޖަލްސާ ސަލާމަތީ ސަބަބުތަކަށްޓަކައި ފަސްކޮށްފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފި އެވެ.

މި ޖަލްސާ މިހާރު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ރެއަށެވެ.

ޕީއެންއެފް އިން މިރޭ ޖަލްސާއެއް ބާއްވަން ނިންމީ، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޕީއެންއެފް އިން ވަނީ ކޮންގްރެސް ޕާޓީގެ ޖަލްސާ އޮންނަ ގަޑީގައި އެޕާޓީން ވެސް ޖަލްސާ ބާއްވާނެ ކަމަށް ކުރިން އިއުލާނުކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ވަނީ މިހާރު ބަދަލުކޮށްފަ އެވެ.

ޕީއެންއެފްގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެހީގަ އެވެ. މިއަދު ކޮންގްރެސް ޕާޓީގެ ޖަލްސާ އޮތީ އާޓިފިޝަލް ބީޗްގަ އެވެ. ކޮންގްރެސް ޕާޓީގެ ޖަލްސާގައި ބައިވެރިވާނެ މީހުންގެ އަދަދު ގިނަވާނެ ކަމަށް ލަފާކުރެވޭތީ، ޖަލްސާގެ ބައިވެރިންގެ ސަފުތައް ދޫވެހި ކައިރިއަށް ވެސް ފޯރާނެ ކަމަށް ބެލެވުނެވެ.

މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ލަފާކުރެވޭތީ، ފުލުހުން ވަނީ ޓްރެފިކް ބަދަލުކޮށް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފަ އެވެ. މިފަދަ ކަންކަމަށް ރިއާޔަތްކޮށް، ސަލާމަތީ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން ޕީއެންއެފްގެ ޖަލްސާ ފަސްކުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބެލެވެ އެވެ.