ރަަަމަޟާން މަހުގެ ކަަރަންޓު ބިލް 400ރ އަށް ވުރެ ބޮޑު ނުވާނެ: ރައީސް
ރަަަމަޟާން މަހުގެ ކަަރަންޓު ބިލް އެއްވެސް ގޭބިސީއެއްގައި 400ރ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތާރީހުގައިވެސް ބާއްވާ އެންމެ ބޮޑު އެއްވުން "ދިވެހިންގެ ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ކަމަށާއި، ބާކީ ބަޔަކީ ޑިސްކައުންޓް ކަމަށެވެ.
"މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ. ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ބާކީ ބަޔަކީ ޑިސްކައުންޓް،". ރައީސް ވިދާޅުވިއެވެ.
Ads by MACL
