ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހެންވޭރުގެ ހުރިހާ ޒުވާނުން ތިއްބެވީ ރައީސް މުއިއްޒުއާއި އެކު: މެންބަރު ކައްޕި

ހެންވޭރުގެ ހުރިހާ ޒުވާނުން ތިއްބެވީ ރައީސް މުއިއްޒުއާއި އެކު: މެންބަރު ކައްޕި

ހެންވޭރުގެ ހުރިހާ ޒުވާނުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާ އެކުގައި ކަމަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، އަލީ އިބްރާހިމް ކައްޕި (ކައްޕި) ވިދާޅުވެއްޖެއެވެ.

ކައްޕި މިހެން ވިދާޅުވީ، ގިނަ އަދަދެއްގެ ޒުވާނުންތަކެއް އެއްވެފައިވާ ފޮޓޯއަކާއެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ "ހެންވޭރުގެ ހުރިހާ ޒުވާނުން ތިއްބެވީ ރައީސް ޑރ.މުހައްމަދު މުއިއްޒުއާއި އެކު" މިފަދައިންނެވެ.

އާންމު ކުރައްވާފައިވާ ފޮޓޯއިން ފެންނަނީ، ރޭގަނޑެއްގެ ވަގުތު، މާލޭގެ މަގެއްގެ މަތީގައި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އެއްވެ، އެއް ރޫޙެއްގައި ތިބި މަންޒަރެވެ. ފޮޓޯގެ މެދުގައި އިސް ސަފެއްގައި ތިބި ޒުވާނުންނާއެކު، މެމްބަރު ކައްޕިވެސް ހުންނެވިއެވެ. އަދި ފަހަތުގައިވެސް ބޮޑު ޖަމާޢަތެއް އޮތެވެ..

ކައްޕި އަކީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ އަދި ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ މެމްބަރެކެވެ. އޭނާގެ މި ޕޯސްޓަކީ ރައީސް މުއިއްޒުއަށް ހެންވޭރުގެ ޒުވާނުންގެ ފަރާތުން އޮތް ވަރުގަދަ ތާއީދު ދެއްކެވުމުގެ ގޮތުން ކުރެއްވި ޕޯސްޓެކެވެ.

މި ޕޯސްޓާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކަމަށް ތާއީދުކޮށް ޚިޔާލު ފާޅުކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ދަނީ، މިފަދަ ބޮޑު ތާއީދެއް ޒުވާނުންގެ ފަރާތުން ސަރުކާރަށް ލިބެމުން އަންނަކަން ފާހަގަކޮށް، އެކަމަށް މަރުޙަބާ ކިޔަމުންނެވެ.

މި ފޮޓޯއަކީ ޕީއެންސީން ބޭއްވި އެންމެ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުން ހެންވޭރު ޒުވާނުންނާއިއެކު ކައްޕި ނަގާފައިވާ ފޮޓޯއެކެވެ.  މިއީ ރައީސް މުއިއްޒުގެ ސަރުކާރަށް ޒުވާނުންގެ މެދުގައި އޮތް މަޤްބޫލުކަން ދައްކުވައިދޭ، ސިޔާސީ މެސެޖެއް ހިމެނޭ  ވަރުގަދަ ފޮޓޯއެކެވެ.