ދަފްތަރުގައި ހިމެނޭ 49 މަސްވެރިއަކަށް ލޯނު ދޫކޮށްފި
މަސްވެރިންގެ ގައިމީ ދަފްތަރުގައި ހިމެނޭ 49 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓްރީއިން ބުނީ، މަސްވެރިކަމުގެ ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބީއެމްއެލްއިން ލޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ. އަދި މި މަހުގެ 9 ވަނަ ދުވަހާ ހަމަޔަށް 49 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ.
އެގޮތުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި 305 އުޅަނދެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
Ads by BMLމި ދަފްތަރުގެ މަގްސަދަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަމަކީ ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމެވެ.
މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގުތަނަވަސްކޮށްދިނުމަށް ބީއެމްއެލް އާ އެކީގައި ފޮިޝަރީޒް މިނިސްޓްރީއިންވަނީ މީގެ ކުރިން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
Ads by MACL
