ގެމަނަފުށީގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ލޯޑުކޮށް ފުރަން ތައްޔާރުވެއްޖެ
ގެމަނަފުށީގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ގެމަނަފުއްޓަށް ގެންދިއުމަށް ލޯޑުކޮށް ފުރަން ތައްޔާރުވެއްޖެއެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގއ. ގެމަނަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް އާރުޑީސީ އިން ދަނީ ކުރަމުންނެވެ. މި މަސައްކަތަކީ ރައްޔިތުންނަށް ދިގު މުއްދަތަށް ފައިދާ ކުރާނެ މަޝްރޫއެއް ހިންގުމަށް އާރްޑީސީއާއިއެކު ކުރިއަށްގެންދާ މަސައްކަތެކެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ގއ. ގެމަނަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު ލޯޑުކޮށް، ފޮނުވުމަށް ތައްޔާރުވެފައިވާއިރު، މިކަމާ ގުޅިގެން ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ވިދާޅުވީ "މި ފައްޓޭގައްތޫ" ކަމަށެވެ. އަތޮޅު ބަހުން މި ބަސް ބޭނުންކޮށްފައިވާއިރު، އާންމު ބަހުން މާނައަކީ "މި ފަށައިގަތީ" އެވެ.
Ads by BMLގެމަނަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ މަަޝްރޫއުގެ ތެރޭގައި ބަނދަރު ތަރައްގީ ކުރުމާއި، މަގު ހެދުމުގެ މަޝްރޫއުތަކާއި، އަދި ރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އެހީތެރިވާނެ ގިނަ ކަންތައްތަކެއް ހިމެނެއެވެ.
މަގު ހެދުމުގެ މަޝްރޫއު ސާމާނުތައް ފޮނުވުމަށް ތައްޔާރުވުމަކީ ގެމަނަފުށީގެ ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު ފިޔަވަޅެކެވެ. ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މެންބަރު އަސަދުﷲ ޝިހާބު ވިދާޅުވިއެވެ.
މި މަޝްރޫއުތަކުގެ ސަބަބުން ގެމަނަފުށީގެ އުމްރާނީ ތަރައްގީއަށް ބޮޑެޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ. އަދި ރަށުގެ އިގްތިސާދު ހަރުދަނާވެ، އާ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށްވެސް ބެލެވެއެވެ.
ޕީ.އެސް.އައި.ޕީގެ ދަށުން މިފަދަ މަޝްރޫއުތައް ހިންގުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަސައްކަތްތައް ހަލުވިކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ބައެކެވެ.
Ads by MACL
