ބީއެމްއެލް ހައުސިންގ ލޯނުތަކަށް ލުއިތަކެއް ދެއްވަން ރައީސް މުޢިއްޒު ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ މަޝްވަރާކުރައްވައި، ހިޔާ އަދި ވިނަރެސް ފްލެޓްތަކަށް ދޫކޮށްފައިވާ ހައުސިންގ ލޯނުތަކަށް ބޮޑެތި ލުއިތަކެއް ހޯއްދަވައި ދެއްވަން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާ ރައީސް މުޢިއްޒު މިއަދު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.
ރައީސްގެ ޕޯސްޓްގައިވާ ގޮތުން، ބީއެމްއެލް އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ލޯނުތަކަކަށް ވާތީ، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކާ ވަނީ މަޝްވަރާ ކުރެވިފައެވެ.
މި މަޝްވަރާތަކަށްފަހު، ބީއެމްއެލް އިން ވަނީ ތިރީގައިވާ ލުއިތައް ދިނުމަށް އެއްބަސްވެފައެވެ:
Ads by BML-
ހިޔާ ފްލެޓް ފިނިޝިންގ ލޯނު: މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަކުރުން. މީގެ އިތުރުން، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުން.
-
ވިނަރެސް ފްލެޓް ގަތުމުގެ ލޯނު: މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %9 އިން %8 އަށް ކުޑަކުރުން.
ރައީސް މުޢިއްޒު ވިދާޅުވީ، މިއީ ކުރެވިދާނެ ކަމެއްކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މަޢުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ބޭންކަށް ދަންނަވާފައިވާނެ ކަމަށެވެ.
https://twitter.com/MMuizzu/status/1989975632240087233?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1989975632240087233%7Ctwgr%5Eb390a7eff4819886de08308a6e50a26d5d6c896a%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMMuizzu%2Fstatus%2F1989975632240087233މި ނިންމުމަކީ ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ލޯނު ދައްކަމުންދާ އެތައް ހާސް ރައްޔިތުންނަށް ދިމާވެފައިވާ މާލީ ބުރަ ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރައީސްގެ މި މަސައްކަތްޕުޅަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
މި ލުއިތަކުގެ ސަބަބުން ލޯނު ދައްކަން ދަތިވާ ފަރާތްތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
