މޯލްޑިވިއަނުން، ށ.ފުނަދޫ އެއާޕޯޓަށް ދަތުރުކުރާ އަދަދު އިތުރުކޮށްފި
ޤައުމީ އެއާލައިން މޯލްޑިވިއަނުން، ށ.ފުނަދޫ އެއާޕޯޓަށް ދަތުރުކުރާ އަދަދު އިތުރުކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ މިއަދުން ފެށިގެން ފުނަދޫ އެއާޕޯޓަށް ހަފްތާއަކު ހަތަރު ދަތުރު ކުރުމަށް ވަނީ ހަމަޖައްސާފައެވެ.
އިތުރުކުރި ދަތުރުތައް ބާއްވަން ނިންމާފައިވަނީ، ކޮންމެ ހަފްތާއެއްގެ އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.
މީގެ ކުރިން މޯލްޑިވިއަނުން ފުނަދޫ އެއާޕޯޓަށް ދަތުރުކުރަމުން ދިޔައީ ހަފްތާއަކު 3 ފަހަރެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަސްތަކުގައެވެ.
ފުނަދޫ އެއާޕޯޓުގެ ހިދުމަތް ދޭން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީކޮށްފައިވާ މި އެއާޕޯޓްގައި 1200 މީޓަރުގެ ދިގުމިނުގެ 30 މީޓަރުގެ ފުޅާމިން ހުންނަ ރަންވޭއެއް އޮވެއެވެ.
Ads by MACL
