ރައީސް މުޢިއްޒުގެ ދުރުވިސްނުންފުޅާއި ބުރަ މަސައްކަތްޕުޅަށް ޤާސިމްގެ ތަޢުރީފު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއެކު، ޤައުމީ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، ޤާސިމް އިބްރާހީމް ތަޢުރީފު ކުރައްވައިފިއެވެ.
ވެރިކަމުގެ މި ކުރު މުއްދަތުގެ ތެރޭގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ޤާސިމް ވަނީ ރައީސް މުޢިއްޒަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ޤާސިމް، މިކަމަށް އަލިއަޅުއްވާލެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ގިނަ ގޮންޖެހުންތަކެއްގެ ތެރެއިންވެސް، ސަރުކާރުން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަކީ ފަޚުރުވެރިވާންޖެހޭ ކަންތައްތަކެއް ކަމަށެވެ.
Ads by BMLއިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ރައީސް މުޢިއްޒު އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި اللهގެ ރަޙްމަތްފުޅާއެކު މި މަސައްކަތްތައް ކާމިޔާބީގެ އައްސޭރިއާ ދިމާއަށް މިސްރާބު ޖަހާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ކާމިޔާބީތަކުގެ އަސްލަކީ ރައީސް ޑރ. މުޢިއްޒުގެ ލީޑަރޝިޕާއި ދުރުވިސްނުންފުޅުގެ އިތުރުން، ސަރުކާރު ހިންގެވުމުގައި އިސްކޮށް ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ އިޚްލާސްތެރި މަސައްކަތްކަން ޤާސިމް ޔަޤީންކުރައްވައެވެ.
މި މުނާސަބަތުގައި، ރައީސްގެ އިރުޝާދުގެ ދަށުން މަސައްކަތްކުރައްވާ ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިންނާއި، އަދި ޕާލިމެންޓްގައި ސަރުކާރު ތަމްސީލުކުރާ ބަދަހި ޕާލިމަންޓްރީ ގްރޫޕަށް ޤާސިމް ވަނީ ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
https://twitter.com/qasimibrahim/status/1990419093124755731?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1990419093124755731%7Ctwgr%5E9ebff9e145f8ad8dae03b2dd837617291dd9868e%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F169017އޭނާގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަށް އިތުރު ކާމިޔާބީއާއި ބަރަކާތް އެދި، އަދި ޤައުމަށް ފާގަތި މުސްތަޤްބަލަކަށް އެދި ދުޢާ ކުރައްވަމުންނެވެ.
Ads by MACL
