ޓްރަމްޕް އޯގަނައިޒޭޝަނުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހަދަނީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ވިޔަފާރި ކުންފުނި، ދަ ޓްރަމްޕް އޮގަނައިޒޭޝަނުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްޤީ ކުރާނެކަން އިއުލާނުކޮށްފިއެވެ.
މި ރިސޯޓު ހަދަން ހަމަޖެހިފައި ވަނީ މާލެއިން 25 މިނެޓުގެ ދަތުރަކުން ދެވޭހާ ކައިރީގައިވާ ރަށެއްގައެވެ.
ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރު، ޑާ ގްލޯބަލްއާ ގުޅިގެން ޓްރަމްޕް އޮގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗް އަދި ވޯޓަރ ވިލާ ހުންނާނެއެވެ. މި ރިސޯޓު 2028 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވުމަށް ވަނީ ރާވާފައެވެ.
Ads by BMLމީގެ އިތުރުން، މި މަޝްރޫޢަށް އިންވެސްޓަރުން ހޯދުމަށް ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކުރުމަށް ވެސް ދެ ކުންފުނިން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ. ޓްރަމްޕް އޯގަނައިޒޭޝަންގެ ނައިބު ރައީސް އަދި ޑޮނަލްޑް ޓްރަމްޕުގެ ދަރިކަލުން އެރިކް ޓްރަމްޕް ވިދާޅުވީ، ރާއްޖެއަށް އެ ބްރޭންޑް ތަޢާރަފުކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ޓްރަމްޕް އޯގަނައިޒޭޝަންގެ ހޮޓާތަކާއި ރިސޯޓުތައް މިހާރު ވެސް އެމެރިކާ، ސްކޮޓްލޭންޑް އަދި ދުބާއީގައި ހިންގަމުން އެބަދެއެވެ.
Ads by MACL
