ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

 ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޚަލީލް، ބެލްޖިއަމްއަށް ފުރާވަޑައިގެންފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް، ---
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް، ---

ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް، ހައި-ރެޕްރެޒެންޓޭޓިވް ފޮރ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް، ކާޔާ ކަލާސްގެ ދަޢުވަތުފުޅަކަށް، ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރޭ ބެލްޖިއަމްއަށް ފުރާވަޑައިގެންފިއެވެ. މި ފޯރަމް ބޭއްވުމުގެ ބޭނުމަކީ ޔޫރަޕިއަން ޔޫނިއަން އާއި އިންޑޯ-ޕެސިފިކް ސަރަހައްދުގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

މި ފޯރަމް ކުރިއަށް ދާނީ މިމަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައެވެ. ފޮރިން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި، މި ފޯރަމްއަކީ ދެ ސަރަހައްދުގެ ގައުމުތަކުގެ ގުޅުން ވަރުގަދަ ކުރުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. މި ބައްދަލުވުމުގައި ޑރ. ޚަލީލް ބައިވެރިވެވަޑައިގަންނަވާނީ "ކޮމަން އެންޑޭވާރސް ފޮރ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަރ" ގެ ނަމުގައި ބާއްވާ ރައުންޑްޓޭބަލް ސެޝަންގައެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގައި މިނިސްޓަރު ޚަލީލް، ބައިވެރިވެވަޑައިގަންނަވާ އެހެނިހެން ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.