ދިވެހިރާއްޖޭގެ މައިދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އޮކްޓޯބަރުގައި ހުޅުވަނީ!
ދިވެހިރާއްޖޭގެ މައި ދޮރާށި، އާދެ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަކީ މިވަގުތު އަހަރަކު 2 މިލިއަން ފަތުރުވެރިނަށް ހިދުމަތްދޭ ތަނެކެވެ. އެހެންނަމަވެސް ޕީކް ސީޒަނުގައި އެއަޕޯޓުގެ ޓާމިނަލް ކުޑަވެ އެކަށީގެންވާ ރަނގަޅު ހިދުމަތެއް ނުދެވިދާ ކަމީ މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ކަންމިހެން އޮތް އިރު މި އެއަޕޯޓުގެ ތަރައްގީގެ އެކިއެކި މަޝްރޫއުތައް ބައިބަޔަށް ބަހައިގެން ކުރިއަށްދެއެވެ. ރަންވޭގެ މަސައްކަތް ނިންމާ މިހާރު ބޭނުން ކުރަންފަށާފައިވާއިރު ނިމިދިޔަ 5 އަހަރުގައި އެއާޕޯޓުގެ ބޮޑު އެއްވެސް މަސައްކަތެއް ކުރިއަށް ނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މުޅި އެއާޕޯޓު މަޝްރޫއު އެއްކޮށްހެން ހުއްޓިފައި އޮތުމަށްފަހު ސަރުކާރު ބަދަލުވެ، ކޮންޓްރެކްޓަރުންނާއިއެކު މަޝްވަރާކުރެވި ދެފަރާތުގެ ހުރިދަތިތައް ހައްލުކޮށް ބާރުސްޕީޑުގައި މަސައްކަތް ފެށީ ނިމިދިޔަ އަހަރު މެދުތެރޭގައެވެ. އެންމެ ބޮޑު މަޝްވަރާއެއް ކުރެވުނީ އާ ޓަމިނަލްގެ މަސައްކަތް ކުރަމުން އަންނަ ދުބާއީގެ ބިންލާދިން ގުރޫޕާއިއެވެ. ކުރެވުނު ތަފްސީލީ މަޝްވަރާއަށް ފަހު އެއާޕޯޓުގެ މަޝްރޫއަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖައްވައި މަސައްކަތް ދެން ފަށައިގަތީ ބާރު ސްޕީޑުގައެވެ. އެއާއިއެކު ޒަމާނީ ފަޔަރ ސްޓޭޝަން ހުޅުވައި، ފިއުލްފާމް ހުޅުވައި ހިދުމަތް ދިނުމަށް ފަށާފައިވަނީ ނިމިދިޔަ އަހަރުއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ރައީސް ފަށްޓަވައިދެއްވީ 04 ޖެނުއަރީ 2024 ގައެވެ. ހަމަ އެއަހަރު ޖޫން މަހު 27 ވަނަ ދުވަހު ޒަމާނީ ފަޔާރ ސްޓޭޝަން ނިންމައި ވަނީ ހިދުމަތް ދިނުމަށް ފަށާފައެވެ. ފަޔަރ ސްޓޭޝަން ޤާއިމުކޮށްފައިވަނީ އަލަށް ބޭނުންކުރަން ފެށި ރަންވޭއާއި ދިމާލުން 2230 އަކަ ފޫޓުގެ ސަރަޙައްދެއްގައެވެ. މި ފަޔަރ ސްޓޭޝަނަކީ މުޅި އެއާޕޯޓުގެ ހުރިހާ ސަރަޙައްދެއް ބަލަހައްޓައި އަދި ކަމެއް ދިމާވާ ޙާލަތުގައި އަވަސް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ. އަދި ލޮކޭޝަނުގެ ގޮތުން އެންމެ އަވަސް ހިދުމަތް ދެވޭނީވެސް މި ސަރަހައްދުންނެވެ.
ސަރުކާރުން ފުރަތަމަ އަމާޒު ހިފީ މިއަހަރު ނިމުމުގެ ކުރިން އައު ޓަރމިނަލްގެ ބައެއް މިއަހަރުގެތެރޭގައި ހުޅުވުމަށެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ޓަރމިނަލްގެ އެއްބައި އޮޕަރޭޝަނަށް ގެނެވިދާނެ ކަމަށެވެ. އެހެންނަމަވެސް މިއީ ފަތުރުވެރިކަމުގެ ހައި ސީޒަންގައި ގެންނަން ރަނގަޅު ބަދަލެއް ނޫން ކަމަށް ރާއްޖެއަށް ދަތުރުކުރާ އެއައެއަރލައިންތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ކޮމިޓީން ލަފާ ދީފައިވާތީ، މުޅި ޓަރމިނަލް އެއްކޮށް ހުޅުވާ ބޭނުންކުރަން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ޝަރީފު ވިދާޅުވިއެވެ.
Ads by BMLޝަރީފް ވިދާޅުވީ ޓަރމިނަލްގެ މަސައްކަތްތައްދަނީ ތާވަލާ އެއްގޮތަށް ކަމަށެވެ. އަދި މިހާ ހިސާބަށް އައިއިރު މަސައްކަތުގެ %85 ނިމިފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްއިން މަސައްކަތްކުރަމުންދަނީ ކޮންޓްރެކްޓަރާއި ވަރަށް ގާތުން ކަމަށެވެ.
ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.
އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރެވޭނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޓަރމިނަލްގައި ހުންނާނެއެވެ. އައު ޓަރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ގާއިމުކުރެވޭނެއެވެ.
އާ ޓާމިނަލްއާ އެކު، އެއާޕޯޓަށް 1،800 މުވައްޒަފުން އިތުރުވާނެކަމަށް ސަރުކާރުން ދެކެއެވެ. ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އެއާލައިނުން ހިދުމަތް ދޭ އިރު އާ ޓާމިނަލްއާ އެކު، އިތުުރު އެއާލައިންތަކަށް ވެސް ފުރުސަތުތައް ދެވޭނެ އެވެ. މީގެ އިތުރުން މިހާރު ޖެޓުތަކުން އަންނަ ފަތުރުވެރިނަށްވެސް ފަސޭހަ ގިނަ ހިދުމަތްތަކެއް ހުންނާނެއެވެ. ޕީކް ސީޒަނުގައި އެވްރެޖްކޮށް ދުވާލަކު 20 ވަރަކަށް ޖެޓު އެއާޕޯޓުގައި ޖައްސައެވެ.
ސަރުކާރުގެ އަދި ރައީސުލް ޖުމްހޫރިއްޔާގެ ހުރިހާ ވެސް އަމާޒަކީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް އެ މަޝްރޫއު އެއްކޮށް ނިންމާ ޓާމިނަލް އޮޕަރޭޝަނަށް ގެނައުމެވެ.
Ads by MACL
