ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހި ކުއްޖެއްގެ ވާހަކަ, ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ޑޭވިޑް ބެކަމްގެ ސަމާލުކަމަށް!

ދިވެހި ކުއްޖެއްގެ ވާހަކަ, ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ޑޭވިޑް ބެކަމްގެ ސަމާލުކަމަށް!

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް، ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ޔުނިސެފްއަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ތިން އަހަރުގެ ކުއްޖެއްގެ ވާހަކަ އޭނާގެ އިންސްޓަގްރާމް ޕްލެޓްފޯމްގައި ހިއްސާކޮށްފިއެވެ.

ބެކަމް އޭނާގެ އިންސްޓަގްރާމް ރީލްސްގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކޮންމެ ކުއްޖަކަށްވެސް ތަޢުލީމާއި، ފުރުސަތުތަކާއި، ރައްކާތެރިކަން ލިބޭނެކަން ކަށަވަރުކުރުމަށް ޔުނިސެފްއިން ކުރާ މުހިންމު މަސައްކަތަށް އޭނާ ތާއީދުކުރާ ކަމަށެވެ.


 











View this post on Instagram























 

A post shared by David Beckham (@davidbeckham)


މިގޮތުން، އޭނާ ވަނީ ދިވެހިރާއްޖޭގެ ތިން އަހަރުގެ ކުއްޖެއް ކަމަށްވާ "ބަބްލް" ގެ ވާހަކައިން ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށް ބުނެ، އެ ކުއްޖާގެ ވާހަކަ ހިއްސާކުރުމަށް އޭނާގެ ޕްލެޓްފޯމް ބަބްލްއަށް ދީފައިވާ ކަމަށް ހާމަކޮށްފައެވެ.

ބެކަމް އިތުރަށް ބުނެފައިވަނީ، ބަބްލްގެ މެސެޖަކީ ކޮންމެ ކުއްޖެއްގެވެސް، ކިތަންމެ ޅަ ކުއްޖެއް ނަމަވެސް، އަޑުއަހަންޖެހޭ އަޑެއްވާކަން ހަނދާންކޮށްދޭ މެސެޖެއް ކަމަށެވެ. މިކަމުން ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުހިންމުކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

ޑޭވިޑް ބެކަމް އަކީ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. އޭނާގެ މި ޕޯސްޓް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރ މަހުގެ 20 ވަނަދުވަހެވެ.