ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިނިސްޓަރ ނާޞިރުގެ މަންމާފުޅު ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

މިނިސްޓަރ ނާޞިރުގެ މަންމާފުޅު ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ، އޮނަރަބަލް ޢަބްދުﷲ ނާޞިރުގެ ލޮބުވެތި މަންމާފުޅު، ޝަރީފާ މުޙައްމަދު އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މިކަމާ ގުޅިގެން، "އެކްސް" ގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރ ނާޞިރުގެ މަންމާފުޅު އަވަހާރަވިކަމުގެ ޚަބަރު ލިބިވަޑައިގަތީ ފުން ހިތާމައާއެކު ކަމަށެވެ.

https://twitter.com/MMuizzu/status/1991798096788132161?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1991798096788132161%7Ctwgr%5E6d43ade83a257d720219f5845493a3431ff53ef5%7Ctwcon%5Es1_&ref_url=https%3A%2F%2Fmmtv.mv%2F10189%3Ffbclid%3DIwY2xjawONJf1leHRuA2FlbQIxMQBicmlkETExblBNVkpCbzJtWEJET0Rjc3J0YwZhcHBfaWQQMjIyMDM5MTc4ODIwMDg5MgABHkvDBLhHk1k4BTp2RaJopdfL09f1mNPH8sXr1stmHNi23aV96Y1PkRZmoT8-_aem_3HrT14EamE-4XERODAhr8A

މި ހިތާމަވެރި ވަގުތުގައި މިނިސްޓަރ ޢަބްދުﷲ ނާޞިރަށާއި ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ރައްދުކުރައްވައި، ހިތްވަރާއި ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

އަދި، މަރްޙޫމާ ޝަރީފާ މުޙައްމަދުގެ ފުރާނަފުޅަށް މާތްﷲ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ކުރައްވާފައެވެ.