ރައީސް ޑރ މުއިއްޒު، ނަތަންޔާހޫއަކަށް ފޯނުން ނުގުޅާ، ތިޔަ ފަތުރަނީ ކަނޑައެޅިގެން ދޮގެއް!
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިޒްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ވާހަކަ ދެއްކި ކަމަށް ބައެއް މީޑިއާ ތަކުން ފަތުރާ ވާހަކައަކީ ދޮގެއްކަން މިނޫހަށް ކަށަވަރުވެއްޖެއެވެ.
އިތުބާރު ހުރި ފަރާތަކުން މައުލޫމާތުދެއްވި ގޮތުގައި އެފަދަ ފޯނުކޯލެއް، ނުވަތަ އެފަދަ ބައްދަލުވުމެއްވެސް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ. ރަސްމީ ފޯނުކޯލުތަކަކީ ވަކި އުސޫލެއްގެ ތެރެއިން ރޭވިގެން ވަކި ޝެޑިއުލަކަށް ދާ ކަމެކެވެ.
ދުނިޔޭގައި މިވަގުތު ހިނގާ ހަގުރާމައިގައި ރައީސް ޑރ މުއިއްޒަކީ ސާބިތުކަމާއި އެކު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބަސްބުނެ ފާޅުގައި ހަނގުރާމައާއި ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއި މެދު ބަހައްޓަވާ ގާތްކަން ފާހަކަކޮށް ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުންވެސް ދަނީ ދިވެހިންނަށް ޝުކުރު އަދާކުރަމުންނެވެ.
މިހާރު ފަތުރަމުންދާ ވާހަކައަކީ ސިޔާސީ ދޮގުވާހަކަތަކެއް. ރައީސް އެފަދަ ކަމެއް ނުކުރައްވާ. އަގުވައްޓާލުމުގެ ނިޔަތުގައި ކޮށްގެންއުޅޭ ދަށު ދަރަޖައިގެ އަމަލެއް- ސަރުކާރުގެ އޮފިޝަލެއް
ރަސްމީ ހައިސިއްޔަތުން ނަމަވެސް ނޫނީ ނުރަސްމީކޮށް ވިޔަސް ދެ ގައުމެއްގެ ރައީސުންގެ ގުޅުންތަކަކީ ސިއްރު ކުރެވިފައިވާ ކަންކަމެއް ނޫނެވެ.
Ads by BML
Ads by MACL
