ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްލާމީ ޙުދޫދުން ބޭރުނުވުމަށް ފިލްމު އިންޑަސްޓްރީއަށް ރައީސް މުޢިއްޒު އިލްތިމާސް ކުރައްވައިފި

އިސްލާމީ ޙުދޫދުން ބޭރުނުވުމަށް ފިލްމު އިންޑަސްޓްރީއަށް ރައީސް މުޢިއްޒު އިލްތިމާސް ކުރައްވައިފި

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަން ފާހަގަކުރައްވައި، އިސްލާމްދީނުގެ ޙުދޫދުގެ ތެރޭގައި ހަރަކާތްތައް ބެހެއްޓެވުމަށް، ހާއްސަކޮށް ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު މިކަމަށް ގޮވާލެއްވީ، މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، ދިވެހި ކޮންމެ ރައްޔިތަކީވެސް އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބަހައްޓައި، މުސްލިމުންގެ ސަގާފަތާ ޚިލާފު ކަންކަމުން ދުރުވާންޖެހޭނެ ބައެއްކަން ހަނދާންކޮށްދެއްވާފައިވެއެވެ.

https://twitter.com/MMuizzu/status/1991834738823451086?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1991834738823451086%7Ctwgr%5E4f385352befdf02e10ae6acc034e79ce5c365539%7Ctwcon%5Es1_&ref_url=https%3A%2F%2Fmmtv.mv%2F10197

"އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް. މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ،" ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ޕޯސްޓުގައި ރައީސް ވަނީ ފިލްމީ އިންޑަސްޓްރީއަށް ވަކިން ޚާއްސަ އިލްތިމާސެއް ކުރައްވާފައެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ، އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށެވެ.

ރައީސް ވިދާޅުވީ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދެއްކުމަކީ، މި ޤައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމުގައެވެ.

މި ޕޯސްޓަކީ، ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަން ދެމެހެއްޓުމަށާއި، ޤައުމީ ސަގާފަތާއި އާދަކާދަތައް ކުރިއެރުވުމަށް ރައީސް މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަން އެނގިގެންދާ ޕޯސްޓެކެވެ.

މުޖުތަމަޢު ބިނާކުރުމުގައި، ހާއްސަކޮށް މީޑިއާ އާއި މުނިފޫހިފިލުވުމުގެ ދާއިރާއިން އަދާކުރާ ޒިންމާގެ މުހިންމުކަންވެސް މި ޕޯސްޓުން ފާހަގަވެގެންދެއެވެ.