ވޭމަންޑޫގައި، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި
ތ. ވޭމަންޑޫގައި، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ރަސްމީކޮށް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޮވެމްބަރު މަހުގެ ތެރޭގައި ވޭމަންޑޫގައި މި ސެންޓަރު ހުޅުވައިދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދު ފުއްދައިފިއެވެ.
މި އައުޓްރީޗް ސެންޓަރު ހުޅުވައިދެއްވީ އިއްޔެ ވޭމަންޑޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ބެލެހެއްޓުމާ ޙަވާލުވެހުރި، މިނިސްޓްރީ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.
މި ރަސްމިއްޔާތުގައި ތ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުالله ޝަރީފް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
Ads by BMLއިސްލާމިކް މިނިސްޓްރީން ދެއްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވޭމަންޑޫގައި ހުޅުވުނު މި އައުޓްރީޗް ސެންޓަރުގައި ދެ ކްލާސް ރޫމާއި، އޮފީސް ބައެއް ހިމެނެއެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ކީރިތި ޤުރްއާން ކިޔެވުމުގެ ފުރުސަތު އިތުރުވެގެންދާނެ މުހިންމު ފިޔަވަޅެކެވެ.
Ads by MACL
