މިއަހަރު ނިމޭއިރު އައު ޓާމިނަލަށް ބައިނަލްއަގުވާމީ ހުރިހާ އެއާލައިނެއް ބަދަލުކުރެވޭނެ: ޠާރިގް
މި ހިނގާ 2025 ވަނަ އަހަރު ނިމޭއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލަށް ބައިނަލްއަގުވާމީ ހުރިހައި އެއާލައިނެއް ބަދަލުކުރެވޭވަރުވާނެކަމަށް ޓުއަރިޒަމް އެންޑް އެންވައިރަންމެންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޠާރިގް މިހެން ވިދާޅުވީ ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ވީއައިއޭގެ އައު ޕެސެންޖަރ ޓާމިނަލް ނިންމައި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވުމެވެ.
Ads by BMLމިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން މިހާބޮޑަށް ފުޅާވެގެން މިދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވުމުންކަމަށެވެ. މިހާރު އައު ޓާމިނަލް ފުލީ އޮޕަރޭޝަނަލައިޒްކޮށް ބައިނަލްއަގުވާމީ އެއާލައިންތައްވެސް އައު ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ޠާރިގް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އައު ޓާމިނަލަށް ބަދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއަހަރު ނިމޭއިރު އަންނަ އިންޓަނޭޝަނަލް ހުރިހައި ފްލައިޓްތަކެއްވެސް އައު ޓާމިނަލުން ޚިދުމަތް ދޭގޮތަށް މަސައްކަތް ފެއްޓިގެންދާނެ. މިއީ ވަރަށް ބޮޑެތި ކުރިއެރުމެއް ރާއްޖޭގެ ފަތުރުވެރިކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޠާރިގް ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހއ، ހދ، ށ، ތ، ލ، އަދި އައްޑޫ ސިޓީ ފަދަ ފަތުރުވެރިކަން ތަރައްގީވެފައި ނެތް ސަރަހައްދުތަކުގައި އިތުރު ކޮންސިޝަންސް ދީގެން ފަތުރުވެރިކަމަށް ރަށްތަކެއް ހުޅުވާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
Ads by MACL
