ދެކުނު ކޮރެއާގެ އެންމެ މަޝްހޫރު ޔުނިވާސިޓީތަކުން މާސްޓާސް ހެދުމަށް ރަނުގެ ފުރުޞަތެއް!
ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ޚާއްޞަކޮށްގެން، 2026 ވަނަ އަހަރަށް އަމާޒުކޮށް މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ "ރަނުގެ ފުރުޞަތު" ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) އިން ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް ކުރިމަތިލެވޭގޮތަށް ހަމަޖެހިފައިވާ މި ސްކޮލަޝިޕް ސްކީމްގެ ދަށުން، ތަފާތު 5 ދާއިރާއަކުން މާސްޓާސް ހެދުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. މިއީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތަކުން ދިވެހި ދަރިވަރުން ބިނާކުރުމަށް ލިބިގެންދާ ވަރަށް އަގުހުރި ފުރުޞަތެކެވެ.
ކިޔެވުމަށް ހުޅުވާލެވިފައިވާ ޔުނިވާސިޓީތަކާއި ކޯސްތައް:
Ads by BMLއެވްހާ ވޮމެންސް ޔުނިވަރސިޓީ: މާސްޓަރސް އިން ޖެންޑަރ އީކުއަލިޓީ (މިންތީގެ ހަމަހަމަކަމުގެ ދާއިރާ)
ހަންޔަންގ ޔުނިވަރސިޓީ: މާސްޓަރސް އިން ސްމާރޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ
ކޮރެއާ ނެޝަނަލް ޔުނިވަރސިޓީ އޮފް އެޑިއުކޭޝަން: މާސްޓަރސް އިން ގްލޯބަލް އެޑިއުކޭޝަން ލީޑަރޝިޕް
ކޮރެއާ ޔުނިވަރސިޓީ: މާސްޓަރސް އިން ޓެކްސް އެންޑް ފިސްކަލް ޕޮލިސީ
ސެއޯލް ނެޝަނަލް ޔުނިވަރސިޓީ: މާސްޓަރސް އިން ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯމް
ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތައް:
މި ސްކޮލަޝިޕްތަކަށް އެދި ހުށަހަޅާ ފަރާތްތަކަކީ، ހުށަހަޅާ ދާއިރާއާ ގުޅޭ ރޮނގަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. އުމުރުގެ ގޮތުން ބަލާއިރު، 2026 ވަނަ އަހަރުގެ އޭޕްރީލް 1 ވަނަ ދުވަހުގެ ނިޔަލަށް 35 އަހަރު ފުރިފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
މީގެ އިތުރުން، އިނގިރޭސި ބަހުގެ ފެންވަރު ސާބިތުކޮށްދޭ ލިޔުމެއް އޮތުމާއެކު، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ލޯނެއް ނަގާފައިވާނަމަ އެ ލޯނު ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވުން ލާޒިމެވެ. އަދި އެދޭ ކޯހަކީ އެމީހާ މިހާރު ހާސިލުކޮށްފައިވާ ސަނަދަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާންޖެހޭނެއެވެ.
ސުންގަޑި އަދި އެޕްލިކޭޝަން ހުށަހެޅުން:
މި ކޯސްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ވަކި ސުންގަޑިތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން:
އޮންލައިންކޮށް: މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނީ މި މަހުގެ 25 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ނިޔަލަށެވެ.
ހާޑް ކޮޕީ: ލިޔެކިޔުންތަކުގެ އަސްލު ނުވަތަ ހާޑް ކޮޕީ ހުށަހަޅަންޖެހޭނީ އޭގެ އަނެއް ދުވަހު (މި މަހުގެ 26 ވަނަ ދުވަހުގެ) މެންދުރު 12:00 ގެ ނިޔަލަށެވެ.
Ads by MACL
