ޑާކްރެއިންގެ ލޯބީގެ ފިލްމު "އަލްވަދާޢު" ރަށްރަށުގައި އެޅުވުމަށް އައިލެންޑް ސިނަމާ އަށް!
ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ލޯބީގެ އަސަރުގަދަ ފިލްމު "އަލްވަދާޢު" އަތޮޅު ތެރޭގައި އެޅުވުމުގެ މަސައްކަތް "އައިލެންޑް ސިނަމާ" އާއި ހަވާލުކޮށްފިއެވެ.
އައިލެންޑް ސިނަމާ އަކީ ރާއްޖޭގައި ދިވެހި ފިލްމްތައް ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުގައި ދިވެހި ފިލްމް އެޅުވުމުގެ މަސައްކަތް ކުރަމުންދާ ޓީމެކެވެ. މި ފިލްމް ރަށްރަށުގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 9111164 ނުވަތަ 7743399 އަށް ވައިބަރ ކުރެއްވުމަށް ޑާކް ރެއިން އިން ވަނީ އެދިފައެވެ.

Ads by BMLއައިލެންޑް ސިނަމާ އިން މީގެ ކުރިން މަޤްބޫލު ފިލްމްތައް ކަމަށްވާ "ކަމަނާ" އަދި "ކަނބުލޮ" އާއި މީގެ އިތުރުންވެސް ގިނަ ދިވެހި ފިލްމް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގިނަ ޝޯތަކެއް އަޅުވާ، ޕްރޮޑިއުސަރުންނާއި ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ބަޔެކެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން މައުލޫމާތު ދީފައިވާ ގޮތުގައި، ލޯބީގެ އަސަރުގަދަ މި ފިލްމު މާލޭގައި އޮލިމްޕަހަށް އަންނާނީ ޑިސެމްބަރު އެއް ވަނަ ދުވަހުއެވެ.
"އަލްވަދާޢު" ފިލްމަކީ ޝަހުދާ މުހައްމަދު (ޝާހޫ) ލިޔެ، އަލީ ޝިފާޢު (ޗިއްޕޭ) ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ. ފިލްމުގެ ސިނަމެޓޯގްރާފަރަކީ ހުނަރުވެރި އެކްޓަރެއްގެ ގޮތުގައި ވެސް ފެނިފައިވާ މުހައްމަދު ފައިސަލެވެ. އަދި ޓެކްނިކަލް މެނޭޖަރަކީ ޒިފާފްއެވެ.
މި ފިލްމުގެ މައިގަނޑު ދެ ތަރިންނަކީ މަރިޔަމް މަޖުދާ އާއި ޝަރަފް އަބްދުﷲއެވެ. މީގެ އިތުރުން މުހައްމަދު ރަޝީދު، ޝީލާ ނަޖީބް، އަރަމުން އަންނަ ތަރި އައިޝަތު ލައިޝާ ލަތީފް އަދި މަޒީން ހާޒިފް ފަދަ ތަރިން ސަޕޯޓިން ރޯލްތަކުން ފެނިގެންދާނެއެވެ.
Ads by MACL
