ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޕީއެލްގެ ބޯޑުން ޝިޔާމް ވަކި ކޮށްފި

ގއ. ދެއްވަދޫ، އޯޝަންރީޑް ޝިޔާމް އިބްރާހިމް
ގއ. ދެއްވަދޫ، އޯޝަންރީޑް ޝިޔާމް އިބްރާހިމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ، އޯޝަންރީޑް ޝިޔާމް އިބްރާހިމް މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ންނެވެ.

އޭނާ މަގާމުން ވަކި ކުރީ ކީއްވެކަން ޕީސީބީން ހާމަކުރައްވާފައެއް ނުވެއެވެ.

ޝިޔާމްއަކީ އެ ކުންފުނީގައި 25 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ.

މިހާރު އެ ކުންފުނީގެ ބޯޑުގައި ތިއްބަވާނީ ޗެއާޕާސަން އާމިނަތު ހަމީދާއި، ބޯޑު މެންބަރުންގެ ގޮތުގައި އަހްމަދު އިލްޔާސް އާއި އަހްމަދު ނިޔާޒާއި، އަހްމަދު ފަހީމުގެ އިތުރުން، ސީއީއޯ މުހައްމަދު ރިޝްވާނެވެ.