ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެއްޖެ
ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ސްޓެލްކޯގެ މުވައްޒަފަކަށް އެކިވަރުގެ އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިންޖީނުގޭގައި ހުރި ސްވިޗު ގިއަރަކަށް ދިމާވި މައްސަލައެއް ޙައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން ސްޓެލްކޯއިން ބުނީ ހުޅުމާލެ ބައު އިންޖީނުގޭގެ ސްވިޗު ގިއަރެއްގައި ދިމާވި މައްސަލައެއް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކުއްލިއަކަށް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެ ކުންފުނީގެ މުވައްޒަފަކަށް އަނިޔާވެ، އޭނާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަނިޔާވި މުވައްޒަފަށް ފަރުވާ ދެމުންދާ ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ، އޭނާއަށް ފަރުވާ ދެމުންދަނީ އެމަޖެންސީ ރޫމްގައި ކަމަށެވެ. ނަމަވެސް އަނިޔާގެ ތަފްސީލާއި، އޭނާގެ ހާލަތު މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
