ސްރީ ލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާއާ ގުޅިގެން ރައީސް މުއިއްޒު ތައުޒިޔާ ފޮނުއްވައިފި
ސްރީ ލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންވެ، މީހުން މަރުވެ ލިބުނު ބޮޑެތި ގެއްލުންތަކާއި ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައްޔިތުންނަށާއި ސަރުކާރަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހިތާމަވެރި ވަގުތުގައި ދިވެހި ރައްޔިތުން ސްރީ ލަންކާއާއެކު އެއްބައިވަންތަކަން ފާޅުކުރާ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ސްރީ ލަންކާގެ އެކްސްޓްރީމް މޫސުމީ ހާލަތުގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ގެއްލި، މުދަލަށް ގެއްލުންވެފައިވާތީ އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ފާހަގަކުރެއްވީ، ސްރީ ލަންކާގައި މޫސުމަށް އައި ބޮޑެތި ބަދަލުތަކުގެ ސަބަބުން ފުރާނަ ގެއްލި، ގެއްލުންތައް ލިބުމާ ގުޅިގެން ދިވެހި ރައްޔިތުންގެ އިޚްލާސްތެރި ތައުޒިޔާ އެންމެންނަށް ވެސް އަރިސްކުރާ ކަމަށެވެ.
Ads by BMLhttps://twitter.com/MMuizzu/status/1994265389594017803?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1994265389594017803%7Ctwgr%5Ed0f045d02208ff875728adfeada807d9066174df%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMMuizzu%2Fstatus%2F1994265389594017803
ސްރީ ލަންކާއަށް ފާއިތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 300 މިލިމީޓަރުގެ ބޯކޮށް ވާރޭ ވެހިފައިވެއެވެ. މި މިންވަރަކީ އެ ޤައުމުގެ ތާރީޚުގައި މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވެހުނު އެންމެ ގިނަ ވާރޭގެ މިންވަރެވެ. މިކަމާ ގުޅިގެން، ސްރީ ލަންކާގެ މޫސުމާބެހޭ ބޯޑުން ވަނީ ބާރަށް ވައިޖެހި މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން، އެ ޤައުމަށް ފުރަތަމަ ފަހަރަށް ރެޑް އެލާޓް ނެރެފައެވެ.
އާދަޔާ ޚިލާފު ބާރު ވައިގެ އަސަރުކޮށް، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ އެތައް ހާދިސާއެއް ހިނގާފައިވާ މި ދަނޑިވަޅުގައި، ސްރީ ލަންކާގެ ކާރިސާ މެނޭޖްމަންޓް މަރުކަޒު (ޑީއެމްސީ) އިން ހާމަކުރާ ގޮތުގައި، މި ވިއްސާރައިގެ ކާރިސާގައި ޖުމްލަ 47 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން 21 މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މި ވިއްސާރައިގެ ސަބަބުން 1،729 އާއިލާއަކަށް ނިސްބަތްވާ 5،893 ރައްޔިތުންނަށް ވަނީ އަސަރުކޮށްފައެވެ. ސްރީ ލަންކާގެ އެކި ހިސާބުތަކުން ގެދޮރު ގެއްލި، މުދަލަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އަސަރުކުރި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
Ads by MACL
