ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި، ދެ މީހަކަށް އަނިޔާވެއްޖެ
މާލެއާއި ހުޅުމާލެ ގުޅުވާލާ ހައިވޭ މަތީގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހާމަކުރެއްވި ގޮތުގައި، މި އެކްސިޑެންޓުގެ މަޢުލޫމާތު މިއަދު ހެނދުނު 9:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހައިވޭއިން ހުޅުމާލެއަށްދާ ލޭން ނިމޭ ހިސާބުންނެވެ. އެހެންކަމުން ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި މަގުމަތީގެ ދަތުރުފަތުރަށް ވަނީ ވަގުތީ ބުރޫއެރުމެއް ކުރިމަތިވެފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަންއިން ޢުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި ސައިކަލުގެ ފަހަތުގައި އިން ޢުމުރުން 22 އަހަރުގެ އަންހެނަކަށެވެ. އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި އެސަރަހައްދަށް އެމްބިއުލަންސެއް ދިޔައިރު، އެ ދެމީހުންނަށްވެސް ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.
Ads by BMLފުލުހުން އިތުރަށް ބުނިގޮތުގައި، އެކްސިޑެންޓުގައި އަނިޔާ ލިބުނު ފިރިހެން މީހާގެ ކަނައަތު ކޮނޑުހުޅު ނެއްޓި އެކިވަރުގެ އަނިޔާވެފައިވާވެއެވެ. އަދި އަންހެން މީހާގެ ގައިގެ އެކި ތަންތަން މަށައިގެންގޮސް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް ފުލުހުން ހާމަކުރެއްވިއެވެ. ދެމީހުންގެ ހާލަތުވެސް ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ. ހައިވޭގައި އުޅަނދުތައް ދުއްވާއިރު، ޓްރެފިކް ގަވާއިދުތަކަށް ސަމާލުވުމަށް ފުލުހުންވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
Ads by MACL
