ހުޅުމާލެއިން 14 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް
ހުޅުމާލެ ފޭސް ދެއިން 14 އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ރ. ދުވާފަރު، ސިކްސް ސެންސް، ޝިބާ ރަޝީދު ނަމަކަށް ކިޔާ މި ކުއްޖާ ގެއިން ނުކުމެގެން ދިޔަގޮތަށް ގެއްލިފައިވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ފަތިހު 5:55 އެހާކަންހާއިރުއެވެ. އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީވެސް އެދުވަހުއެވެ.
ފުލުހުން ބުނިގޮތުގައި، ޝިބާ ރަޝީދު ގެއްލިގެން ރިޕޯޓުކުރުމާއެކު، ކަމާގުޅުންހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ކުއްޖާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިނުވާކަމަށް ފުލުހުން ފާޅުކޮށްފައިވެއެވެ.
ޝިބާ ގެއްލުނުތާ މިހާރު ދެ ދުވަސްވެފައިވާއިރު، އާއިލާއާއި ފުލުހުން ދަނީ އެކުއްޖާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހުޅުމާލެ ފޭސް ދެއަކީ ގިނަ ބަޔަކު ދިރިއުޅޭ އަދި ތަރައްގީވަމުން އަންނަ ސަރަހައްދެއް ކަމުން، މިފަދަ ކަމެއް ހިނގުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
Ads by BMLފުލުހުން ވަނީ ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ. މިފަދަ ހާލަތްތަކުގައި އާންމުންގެ އެހީތެރިކަމަކީ ކޮންމެހެންވެސް ބޭނުންވާ އެހީތެރިކަމެއްކަން ފުލުހުން ފާހަގަކުރެއެވެ.
Ads by MACL
