ހުޅުމާލޭ ގެސްޓްހައުސްއަކުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
ހުޅުމާލޭ ގެސްޓްހައުސްއަކުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިންގަމުން އަންނަ ގެސްޓްހައުސްއެއްގެ ރޫމަކުން ނިޔާވެފައި އޮތް މީހަކު ފެނިގެން މިއަދު 12:14 ކަންހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނިޔާވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށާއި އެއީ ބިދޭސީއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ނިސްބަތްވާ ގައުމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
Ads by BML
Ads by MACL
