ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ދެދުވަސް ފަހުން ގެއަށް އަތުވެއްޖެ

ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ދެދުވަސް ފަހުން ގެއަށް އަތުވެއްޖެ

ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ އަމިއްލައަށް ގެއަށް އަތުވެއްޖެކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދިޔަ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު ފެނިފައިވަނީ ރޭގެ ވަގުތެއްގައެވެ. ކުއްޖާގެ ޙާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ ކުއްޖާ ފެނުނީ އަމިއްލައަށް ގެއަށް އައުމުން ކަމަށެވެ. ނަމަވެސް ފާއިތުވި ތިން ދުވަހު އެކުއްޖާ އުޅުނީ ކޮންތަނެއްގައި ކަމެއް ފުލުހުން ނުބުނެއެވެ.

ޝިބާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ ގެއިން ނުކުމެގެން ގޮސްފައިވަނީ އެދުވަހުގެ ހެނދުނު 05:55 އެހާކަންހާއިރުއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، ކަމާގުޅުންހުރި ބަހާތަކަށް މައުލޫމާތު ހިއްސާކޮށް، ޝިބާ ހޯދުމުގެ މަސައްކަތްކޮށް ކާމިޔާބު ނުވުމުން އާއްމުންގެ އެހީއަށް އެދުނީ އިއްޔެ ހެނދުނު އެވެ.