ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖިމަށް ނުގޮސް، ޚާއްޞަ ޑައިޓެއް ނުނަގާ 22 ކިލޯ ލުއިކޮށްލުން، އާދައިގެ ކަމެއްނޫން!

އިންޑިއާގެ 35 އަހަރުގެ ސޮފްޓްވެއަރ އިންޖިނިއަރ ޝިކާ ސިންގަލް --
އިންޑިއާގެ 35 އަހަރުގެ ސޮފްޓްވެއަރ އިންޖިނިއަރ ޝިކާ ސިންގަލް --

ޖިމަށް ނުގޮސް ޚާއްސަ ކެއުންތަކެއް ނެތި 22 ކިލޯގެ ބަރުދަން ލުއިކުރި އަންހެންކަނބަލެއްގެ ކާމިޔާބަކީ އާދައިގެ ކަމެއް ނޫނެވެ.

އިންޑިއާގެ 35 އަހަރުގެ ސޮފްޓްވެއަރ އިންޖިނިއަރެއް ކަމަށްވާ ޝިކާ ސިންގަލް އޭނާގެ ހަށިގަނޑުގެ ބަރުދަން އެއް އަހަރު ދުވަހުގެ ތެރޭގައި 22 ކިލޯ ލުއިކޮށްފައިވާއިރު، މިކަން އޭނާ ހާސިލްކޮށްފައިވަނީ އެއްވެސް ޖިމަކަށް ނުގޮސް ނުވަތަ ޚާއްސަ އަގުބޮޑު ކެއުންތަކެއް ބޭނުންނުކޮށެވެ.

އޭނާގެ ކާމިޔާބީގެ ސިއްރަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ އާދަތަކަށް ކުދިކުދި ބަދަލުތައް ގެނެސް، ކެއުމަށް ބޭނުންކުރާ މިންވަރަށް ސަމާލުކަން ދިނުމާއި، ކަސްރަތު ކުރުމަށްޓަކައި ހިނގުމަށް އިސްކަންދިނުމެވެ.

ޝިކާ ބަރުދަން ލުއިކުރުމަށް ފެށިއިރު އޭނާގެ ބަރުދަނުގައި 82 ކިލޯ ހުރިއިރު، އޭނާ އަމާޒު ހިފީ 60 ކިލޯއަށް ބަރުދަން ލުއިކުރުމަށެވެ. އޭނާ ބަރުދަން ލުއިކުރުމަށް ހިތްވަރު ލިބުނީ އޭނާގެ ފިރިމީހާ އަމިއްލަ ބަރުދަން ލުއިކުރި ގޮތުންނެވެ. އޭނާ ދުށް ގޮތުގައި، ގޭގައި ކައްކައިގެން ކާ ކާނާއާއިއެކު، ކޮންމެ ދުވަހަކު ހިނގުމަކީ ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު ދެ ގޮތެވެ. މިހާރު އޭނާގެ ބަރުދަނުގައި ހުންނަނީ 60 ކިލޯ އެވެ.

އޭނާގެ ކެއުމުގެ އާދަތަކަށް ބަލާއިރު، ޝިކާ އެންމެ އިސްކަމެއް ދިނީ ގެއިން ކައްކައިގެން ކާ ކާނާއަށެވެ. ތައްޔާރުކޮށްފައި ހުންނަ ކާނާއާއި، ހަކުރު ގިނަ ކާނާ އޭނާ މުޅިންހެން ކެއުން ހުއްޓާލިއެވެ. މީގެ އިތުރުން ކެއުމުގެ ބައިތައް ކުޑަކޮށް، ޕޯޝަން ކޮންޓްރޯލް ކުރުމަކީ އޭނާގެ ކާމިޔާބީގެ މުހިންމު ބައެކެވެ. ކޮންމެ ކެއުމެއްގައިވެސް ކާނާގެ ބައިތައް ދެނެގަނެ، އެކަށީގެންވާ މިންވަރަށް ކެއުމަކީ އޭނާގެ އާދައެކެވެ.

ޖިމަށް ނުގޮސް ބަރުދަން ލުއިކުރުމަށް އޭނާ ބޭނުންކުރި އެންމެ މުހިންމު ކަސްރަތަކީ ހިނގުމެވެ. ކޮންމެ ދުވަހަކު 10,000 އާއި 12,000 ފިޔަވަޅު ހިނގުމަށް އޭނާ އާދަކުރިއެވެ. މި ހިނގުންތަކުގެ ސަބަބުން ކެލޮރީ އެނދުމުގެ އިތުރުން، ހަށިގަނޑު ހަރަކާތްތެރިވެ، މެޓަބޮލިޒަމް ރަނގަޅުވުމަށް އެހީތެރިވިއެވެ. ކޮންސިސްޓެންޓްކޮށް ކޮންމެ ދުވަހަކު މި ކަސްރަތު ކުރިއަށް ގެންދިއުމަކީ އޭނާގެ ކާމިޔާބީގެ އަސްލެވެ.

ޝިކާގެ ކެއުންތަކުގައި ގިނައިން ޕްރޮޓީނާއި، ރަނގަޅު ކާބޯހައިޑްރޭޓާއި، ހެލްތީ ފެޓް ހިމެނެއެވެ. ދުވާލަކު 3-4 ލީޓަރުގެ ފެން ބުއިމާއި، ރޭގަނޑު މާލަސްކޮށް ކެއުން ހުއްޓާލުމަކީވެސް އޭނާގެ އާދަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން، މަހަކު އެއްފަހަރު "ޗީޓް މީލް" އެއް ކެއުމަށް ހުއްދަ ދިނުމަކީ ނަފްސާނީ ގޮތުން ހިތްހަމަޖެހުން ލިބުނު ކަމެއްކަމަށް އޭނާ ބުނެއެވެ. ހަށިގަނޑުގެ ހެދިބޮޑުވުމަށް ސަމާލުކަން ދިނުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށްވެސް އޭނާ ވަރަށް ބޮޑަށް ސަމާލުކަން ދިނެވެ.

ޝިކާގެ މި ކާމިޔާބީން އެނގިގެންދަނީ ބަރުދަން ލުއިކުރުމަށްޓަކައި އަބަދުވެސް އުނދަގޫ ނުވަތަ އަގުބޮޑު ގޮތްތައް ބޭނުންނުވާ ކަމެވެ. ކުދިކުދި އާދަތަކަށް ގެނެވޭ ބަދަލުތަކާއި، ކޮންސިސްޓެންޓްކޮށް މަސައްކަތް ކުރުމުގެ ސަބަބުން ދާއިމީ ހެލްތީ ލައިފްސްޓައިލެއް ބިނާކުރެވި، ބޭނުންވާ ނަތީޖާ ހާސިލްކުރެވޭނެކަމެވެ. އޭނާގެ ވާހަކައަކީ ބަރުދަން ލުއިކުރުމަށް ބޭނުންވާ އެތައް ބަޔަކަށް ހިތްވަރުދޭނެ މިސާލެކެވެ.