ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ހުދު ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ފ. އަތޮޅަށެވެ. އެއީ މިއަދު ހަވީރު 17:00 އިން ފެށިގެން މިރޭގެ 23:00 އަށެވެ.
މެޓުން ބުނާގޮތުގައި މިވަގުތުތަކުގައި ބޯކޮށް ވާރެ ވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.
Ads by BMLhttps://twitter.com/MetMaldives/status/1995821984048185636?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1995821984048185636%7Ctwgr%5Ef896516d7229762d3e4ca5401d9b1c3edc983ef1%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FMetMaldives2Fstatus2F1995821984048185636widget%3DTweet
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ހާމަކުރީ، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެހެންނަމަވެސް ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓުން ބުނެއެވެ.
މެޓުން ވަނީ އުތުރާއި މެދުރާއްޖެރޭގެ އަތޮޅުތަކުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
Ads by MACL
