21 އަހަރުގެ އާދޭސްތަކަށް ނިމުން، ރައީސް ވި ވައުދާއި އެއްގޮތަށް ސުނާމީ ފައިސާ ގަމަށް ބަދަލުވި ފަރާތްތަކަށް ދީފި
2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ލ.ގަމަށް ހިޖުރަކުރަން ޖެހުނު ޢާއިލާތަކަށް ދޭންޖެހޭ ބަދަލުގެ ފައިސާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައްކައިފިއެވެ. ގިނަ ދުވަސްތަކެއްގެ އާދޭސްތަކަށް ނިމުން ގެނެސް، ރައީސްގެ ރިޔާސީ ވަޢުދާ އެއްގޮތަށް ދެއްވުނު މި ފައިސާއާއެކު، ސުނާމީގައި ގަމަށް ބަދަލުވި ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ނިމުމެއް އައިސްފައިވެއެވެ.
ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފައްފަށުން ޝުކުރުއަދާކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވީ، ސުނާމީ ކާރިސާއާ ގުޅިގެން ގަމަށް ހިޖުރަކުރަން ޖެހުނު ޢާއިލާތަކަށް މި ސަރުކާރުން ވަޢުދުފުއްދައި، ސީދާ އެ ރައްޔިތުންނަށް ފައިސާ ދޭން ފަށާފައިވާކަމެވެ. މެންބަރު ޔޫސުފް ނަޝީދު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން ސިޔާސީ ބޭނުމަކަށް މި މައްސަލަ ބޭނުންކޮށް، ރައްޔިތުންނަށް ގިނަ ދުވަހު އިންތިޒާރުކުރަން ޖެހުނު ކަމަށާއި، މިއަދު އެ އިންތިޒާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
މި ބަދަލުގެ ގޮތުގައި، ސުނާމީގައި ހިޖުރަކުރި ކޮންމެ ޢާއިލާއަކަށް 50,000 ރުފިޔާ ވަނީ ދީފައެވެ. މި ހައްޤު ރައްޔިތުންނަށް ހޯދައިދިނުމަށް ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިކަމަށް އެ ދާއިރާގެ ގިނަ ބަޔަކު ބުނެއެވެ. އެ މެންބަރުގެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ދުވަހުގެ މައްސަލައަކަށް ހައްލެއް ލިބިގެން ދިއުމަކީ ގިނަ ބަޔަކު ބަލައިގަންނަ ކަމެކެވެ.
Ads by BML2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ގައި އިންޑިއާ ކަނޑުގައި އުފެދުނު ބާރުގަދަ ބިންހެލުމަކަށްފަހު ރާއްޖެއަށް ކުރިމަތިވި ސުނާމީއަކީ، ޤައުމަށް ދިމާވި އެންމެ ބޮޑު ގުދުރަތީ ކާރިސާއެވެ. މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުން މަރުވެ، ގިނަ ބަޔަކު ގެއްލުނެވެ. އަދި 100 އަށްވުރެ ގިނަ ރަށްރަށަށް އަސަރުކޮށް، 13 ރަށެއް މީހުން ދިރިއުޅެވޭ ވަރަށް ނެތިގެން ދިޔައެވެ.
ސުނާމީގައި ގިނަ އަދަދެއްގެ ގެދޮރު ސުންނާފަތިވެ، 12،000 އަށްވުރެ ގިނަ މީހުންނަށް ވަގުތީ ހިޔާ ބޭނުންވިއެވެ. އިޤްތިޞާދީ ގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ލ. އަތޮޅަކީ ސުނާމީގެ އެންމެ ބޮޑު އަސަރުކުރި އެއް އަތޮޅެވެ. މި އަތޮޅުގެ ގަން، ފޮނަދޫ، އިސްދޫ، ކަލައިދޫ، މުންޑޫ، ހިތަދޫ، މަޑުވެލި، މާބައިދޫ ފަދަ ރަށްރަށަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.
ޚާއްސަކޮށް ފޮނަދޫގެ ގިނަ ސަރަހައްދުތަކެއް ފެނުގެ ދަށަށް ގޮސް، އަތޮޅުގެ މައި ރަށް ގަމުގައި ހުރި އުމްރާނީ ތަރައްޤީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަތޮޅުގެ ގިނަ ރަށްރަށުގައި ބޯފެނުގެ މައްސަލަތައް ކުރިމަތިވެ، ގިނަ ގެދޮރުތައް ހަލާކުވެފައިވެއެވެ. މި ހާދިސާއަށްފަހު، ދިވެހި ސަރުކާރާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާއެކު ރާއްޖެއާއި ލ. އަތޮޅު އަލުން ބިނާކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނެވެ.
Ads by MACL
