ޗައިނާ އީސްޓަރން އެއަރލައިންސްގެ އޮޕަރޭޝަންސް ޓާމިނަލް 1 އަށް ބަދަލުކޮށްފި
ޗައިނާ އީސްޓަރން އެއަރލައިންސްގެ އޮޕަރޭޝަންސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 4 އިން ޓާމިނަލް 1 އަށް ބަދަލުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި، މި ބަދަލުގެ މަޤްޞަދަކީ ޗައިނާ އީސްޓަރން އެއަރލައިންސްގެ ފަސިންޖަރުންނަށް އިތުރަށް ފަސޭހަ އަދި ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމެވެ. މި ބަދަލާއެކު، އެ އެއަރލައިންގެ ފަސިންޖަރުންނަށް ޓާމިނަލް 1 ގެ ހިދުމަތްތައް ލިބިގެންދާނެއެވެ.
ޓާމިނަލް 1 އަށް މި ބަދަލުވުމަށްފަހު، ޑިސެމްބަރު 10 ގައި ޓާމިނަލް 1 އަށް ފުރަތަމަ އައިސްފައިވަނީ ޗައިނާ އީސްޓަރން އެއަރލައިންސްގެ ފްލައިޓް MU235 އެވެ. މި ފްލައިޓްގައި 227 ފަސިންޖަރުން ރާއްޖެއަށް އައިސްފައިވާއިރު، 241 ފަސިންޖަރުންނާއެކު މި ފްލައިޓް ވަނީ ފުރާފައެވެ.
Ads by BMLޗައިނާ އީސްޓަރން އެއަރލައިންސް އަކީ 2007 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް އުދުހުންތައް ފަށާފައިވާ އެއަރލައިނެކެވެ. އެމްއޭސީއެލް އިން ވަނީ މި ބަދަލަށް މަރުޙަބާ ކިޔާފައި ކަމަށާއި، އެ އެއަރލައިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށް ވެސް ބުނެފައެވެ.
Ads by MACL
