އަމިއްލަ ގެއިން ނޫން އެހެންތާކުން އެއްޗެއް ނުކައި ސަލްމާން ޚާން 25 އަހަރު ހޭދަކޮށްފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން، އޭނާގެ ޒާތީ ދިރިއުޅުމުގެ ހައިރާންކުރަނިވި ސިއްރެއް ހާމަކުރައްވައިފިއެވެ. އެއީ ފާއިތުވި 25 އަހަރުގެ ތެރޭގައި އެއްވެސް ރެސްޓޯރެންޓަކުން ނުވަތަ ބޭރުން އެއްވެއް ނުކާކަމަށެވެ. މި މައުލޫމާތު އޭނާ ހާމަކުރެއްވީ އިންޓަވިއުއެއްގައެވެ. މިކަމަށް ގިނަ ބަޔަކު ސަމާލުކަން ދީ އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއާ މެދު ވަނީ ސުވާލު އުފައްދައިފައެވެ.
ސަލްމާން ޚާން މިފަދަ ބަހެއް ބޭނުންކުރެއްވުމުގެ މައިގަނޑު ސަބަބަކީ އޭނާގެ ސަލާމަތީ ކަންކަމަށްޓަކައި ކަމަށް ބެލެވެއެވެ. މަޝްހޫރު ތަރިންނަށް ބޭރުގައި މިނިވަންކަމާއެކު ކެއިންބުއިމުގެ ފުރުސަތު މަދުކަމީ އެންމެންނަށްވެސް އެނގޭ ހަގީގަތެކެވެ. އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަން އަބަދުވެސް އޮންނާތީ، އޭނާ މިފަދަ ނިންމުމެއް ނިންމާފައިވުމަކީ އެކަށީގެންވާ ކަމެކެވެ.
މިކަމުގެ ސަބަބުން ސަލްމާންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އައިސްފައިވާނެއެވެ. އޭނާގެ ގޭގައި އުޅޭ މީހުން ނުވަތަ އަމިއްލަ ގޭން ކެއުން ތައްޔާރުކޮށްގެން ކައިބޮއި އުޅުއްވުމަކީ އޭނާގެ އާދައަކަށް ވެފައިވާ ކަމެކެވެ. މީގެ އިތުރުން، އޭނާ ގިނަ ވަގުތު ހޭދަކުރައްވަނީ ފިލްމު މަސައްކަތުގަޔާއި ފިޓްނަސްގައެވެ. އެހެންކަމުން ބޭރުން ކެއުމަށް ވަގުތު ނުލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.
Ads by BMLބޮލީވުޑްގެ އެހެން ތަރިންނަށްވެސް މިފަދަ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ބައެއް ފަހަރު ސެލެބްރިޓީންނަށް އާންމު ދިރިއުޅުމެއް އުޅުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ސަލްމާން ޚާންގެ މިފަދަ ހާމަކުރުމަކީ އޭނާގެ ފޭނުންނަށް އޭނާގެ ޒާތީ ދިރިއުޅުމުގެ ފަރުދާގެ ފަހަތުގައިވާ ހަގީގަތް ދައްކުވައިދޭ ކަމެކެވެ.
މި ވާހަކަ އާންމުވުމާއެކު ސޯޝަލް މީޑިއާގައި ބަހުސްތަކެއް ފެށި، ގިނަ ބަޔަކު ސަލްމާންގެ މި ނިންމުމަށް ތާއީދުކޮށްފައިވެއެވެ. އަދި އަނެއް ބަޔަކު ވަނީ އޭނާގެ މި ބަހަށް ހައިރާންކަން ފާޅުކޮށް، އޭނާގެ ސަލާމަތީ އިންތިޒާމުތައް ވަރުގަދަ ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
މި ހާލަތުގައި ތަރިންނަށް ދިރިއުޅުމުގެ އާންމު ކަންކަމުގައި ދިމާވާ ދަތިތައް މި ހާމަކުރުމުން އިތުރަށް ހާމަވެގެން ގޮސްފައިވެއެވެ.
Ads by MACL
