ގއ އަތޮޅު ޗެމްޕިއަން ހަތަރު ވަނަފަހަރަށް ކަނޑުހުޅުދޫއަށް، މޮޅު ކުޅުންތެރިޔާ އަހުނަފްއަށް
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅުދޫއިން ހޯދައިފިއެވެ.
މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ކަނޑުހުޅުދޫއިން ހޯދީ 0-3 އިން ދެއްވަދޫގެ މައްޗަށް ފައިނަލް މެޗުގައި ކުރިހޯދައިގެންނެވެ.
މެޗުގައި ކަނޑުހުޅުދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޒައިން ނިޔާޒާއި އިބްރާޙީމް ރައީޝް އަބްދުލް އަޒީޒްގެ އިތުރުން އިސްމާޢީލް އަންވާރެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޙައްމަދު ޒައިން ނިޔާޒެވެ.
Ads by BMLމުބާރާތުގައި ގއ. އަތޮޅުން ޖުމްލަ 7 ޓީމު ބައިވެރިވެފައިވެއެވެ. އެހެންކަމުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެން، އެއް ގުރޫޕުގައި ހަތަރު ޓީމު އަދި އަނެއް ގުރޫޕުގައި ތިން ޓީމު ހިމެނޭ ގޮތަށެވެ.

އަތޮޅު ޗެމްޕިއަން ކަނޑުހުޅުދޫ ހިމެނުނީ ހަތަރު ޓީމު ހިމެނޭ ގްރޫޕް އޭގައެވެ. އެ ޓީމުން އަތޮޅު ސެމީއަށް ދަތުރުކުރީ އެ ގުރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. އަދި ސެމީ ފައިނަލް މެޗުގައި ވިލިނގިލީގެ މައްޗަށް 0-5 އިން ކުރި ހޯދާފައިވެއެވެ.
Ads by MACL
