ޕާކިސްތާން ބަލިކޮށް އިންޑިއާއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި 10 ވަނަ ފަހަރަށް އުފުލާލައިފި
2026 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕާކިސްތާން ބަލިކޮށް، އިންޑިއާގެ ފިރިހެން ފުޓްބޯޅަ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ފައިނަލް މެޗު އިންޑިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި ކާމިޔާބީއާއެކު އިންޑިއާއިން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި އެންމެ ގިނަ ފަހަރު ތަށި ހޯދި ގައުމުގެ ރެކޯޑް އިތުރަށް ފުޅާކޮށް، ޖުމްލަ 10 ވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލާފައެވެ.
Ads by BMLމި ތާރީޚީ ކާމިޔާބީއާ ގުޅިގެން އިންޑިއާގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އަންނަނީ ދަނޑުމަތީގައި ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ.
Ads by MACL
