އުރުގުއޭގެ ރައްޔިތަކު އައިބޯލަ ބޭރަށް ނެރުމުގެ ހުނަރުން ދުނިޔޭގެ ރެކޯޑު ހަދައިފި
އުރުގުއޭގެ ރައްޔިތެއް ކަމުގައިވާ ވިލިއަމްސް މާޓިން ސަންޗެޒް ލޯޕެޒް އޭނާގެ އައިބޯލަ ގޮޑިން ބޭރަށް ނެރުމުގެ އާދަޔާ ޚިލާފު ހުނަރުން ގިނިސް ވޯލްޑް ރެކޯޑްސްގެ ރެކޯޑެއް ހާސިލުކޮށްފިއެވެ.
އިޓަލީގެ މިލާނުގައި ދިރިއުޅެމުންދާ މޮންޓެވީޑިއޯ، އުރުގުއޭގެ ރައްޔިތު ވިލިއަމްސް މާޓިން ސަންޗެޒް ލޯޕެޒް ވިދާޅުވި ގޮތުގައި އުމުރުން 8 ނުވަތަ 9 އަހަރުގައި އޭނާއަށް ދެނެގަނެވުނީ އައިބޯލައިގެ ވަށައިގެންވާ މަސްތައް ދޫކޮށްލައިގެން ކުރެހުމެއްގެ ކެރެކްޓަރެއްހެން އައިބޯލަ ބޭރަށް ނެރެވޭކަމެވެ.
"މި ހުނަރު ތަރައްޤީވަމުން އައީ ކުޑައިރުއްސުރެ،" އޭނާ ގިނިސް ވޯލްޑް ރެކޯޑްސްއަށް ބުނެފައިވެއެވެ. "އަޅުގަނޑަށް އައިބޯލައިގެ މަތީ އަދި ތިރީ މަސްތައް ކޮންޓްރޯލް ކުރެވޭ. ވަގުތު ފާއިތުވަމުން ދިޔަވަރަކަށް މި ހުނަރު އިތުރަށް ތަރައްޤީކޮށް، އެންމެ ފަހުން އައިބޯލަ މުޅިން ގޮޑިން ބޭރަށް ނެރެވުނު."
ލޯޕެޒްގެ ޑޮކްޓަރު ރަސްމީކޮށް މިންއެޅުމުން އޭނާގެ އައިބޯލަ 0.74 އިންޗި (1.88 ސެންޓިމީޓަރު) ބޭރަށް ނެރެވޭކަން ކަށަވަރުކުރެވުނެވެ.
މިއީ ފިރިހެނުންގެ ތެރެއިން އައިބޯލަ އެންމެ ދުރަށް ނެރެވޭ މީހާގެ ރެކޯޑް ހޯދުމަށް ބޭނުންވާ އެންމެ ދަށް އަދަދެވެ.
Ads by BML"އެންމެ މަޖާވަނީ މީހަކަށް ނޭނގި ތިއްބާ އަޅުގަނޑު ކައިރިވެ އައިބޯލަ ބޭރަށް ނެރޭއިރު. މީހުން ހައިރާންވެ ދެ މީޓަރު މައްޗަށް ފުންމައިގަނޭ،" ވިލިއަމްސް ބުންޏެވެ.
https://www.youtube.com/watch?v=o5Ks4L9oDBw&t=73s&ab_channel=GuinnessWorldRecords
ވިލިއަމްސްގެ މި އާދަޔާ ޚިލާފު ހުނަރުން އޭނާވަނީ ޝޯޝަލް މީޑިއާގައި މަޝްހޫރު ޝަޚްޞިއްޔަތަކަށް ވެފައެވެ. ކޮމެންޓް ކުރާ ފަރާތްތަކުން އެދެނީ އެމީހުންގެ ނަން ކިޔަމުން މި ހުނަރު ދައްކާލުމަށެވެ.
"އަޅުގަނޑަކީ މަޖާކޮށް، ހޭން ލޯބިކުރާ މީހެއް. އެހެންކަމުން އައިބޯލަ ބޭރަށް ނެރެވޭތީ، އެއީ ވަރަށް ތަފާތު ނަޒަރަކުން ކަންކަން ދެކޭ ގޮތެއް،" އޭނާ ބުންޏެވެ.
Ads by MACL
