ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ޓޫއޮފްއަސް: ނަސޫހުގެ ވޭކަމްލެއާއިން ގައިން ހީބިހި ނަގާ، ޖަޖުންގެ އިތުބާރު އަނެއްކާވެސް ދަމަހައްޓައިފި!

ޓޫ އޮފް އަސް
ޓޫ އޮފް އަސް

އިންޑިއާގައި ކުރިއަށްދާ ބައިނަލްއަގުވާމީ އެކި ބޭންޑުތަކުން ބައިވެރިވާ، ބެޓަލް އޮފް ދަ ބޭންޑް އިންޓަރނޭޝަނަލްގައި ދިވެހިރާއްޖެ ތަމްސީލް ކުރާ ބޭންޑެއް ކަމަށްވާ، "ޓޫ އޮފް އަސް" އިން އަނެއްކާވެސް ތަފާތު ހުށަހެޅުމެއް ދައްކައިފިއެވެ.

ޓޫއޮފްއަސް އިން މިފަހަރު ހުށަހަޅައިދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަރްޖިތް ސިންގ އަދި ޝްރެޔާ ގޮޝާލް ކިޔާފައިވާ 'ވޭކަމްލެޔާ'އެވެ. މިއީ އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރު ލަވައެކެވެ.

ޓޫއޮފްއަސްގެ މި ހުށެހެޅުމަށް އިންޑިއާގެ ފުންނާބު އުސް ލަވަކިޔުންތެރިޔާ ސަލީމް މަރްޗަންދް ވެސް ވަނީ ތައުރީފްކޮށްފައެވެ.

"ވަރަށް އިމޯޝަނަލް, ވަރަށް ރީތި, ކާމިޔާބީއަށް އެދެން" ސަލީމް ބުންޏެވެ.

މިއަދުގެ ހުށަހެޅުމުގައި ޓޫއޮފްއަސްއިން އަމިއްލައަށް ހަދާފައިވާ ލަވައެއް ވެސް ވަނީ ކިޔާފައެވެ. އެ ލަވައިގެ ނަމަކީ 'ތޫ ލީރޭ'އެވެ. ލަވަކިޔުންތެރިޔާ އަދުހަމް ބުނިގޮތުގައި 'ވޭކަމްލެޔާ' ލަވައާއެކު 'ތޫ ލީރޭ' ހުށަހެޅުން އެއީ ނަގަން ޖެހުނު ރިސްކެއް ކަމަށެވެ.

މިކަމާއި ގުޅިގެން ޖަޖް ސަލީމް ބުނީ ރިސްކް ނެގުމަކީ ލަވަކިޔުންތެރިންނަށް ކުރުން ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޓޫއޮފްއަސް އިން ރިސްކް ނަގައިގެން ވެސް ހުށަހަޅައިދިން ލަވަ ވަރަށް ކަމުދިޔަ ކަމަށް ސަލީމް ބުންޏެވެ.

މިހާތަނަށް ޓޫއޮފްއަސް އިން މި މުބާރާތުގައި ދައްކާލާފައިވާ ހުރިހާ ހަރަކާތަކަށްވެސް ޖަޖުންނާއި ބެލުންތެރިން، ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ޓޫއޮފްއަސްގައި ހިމެނޭ މެމްބަރުންނަކީ އަހުމަދު އަދުހަމް, މުހައްމަދު ނަސޫހު ބިން ނަސްރުއްދީން, އަބްދުﷲ ޝަމްރޫހު, އަހުމަދު ޖަޝީމް, އަދި އަހުމަދު ޝަހީދު (ޝަހީދު ލެގަސީ)އެވެ.

ލައިފްސްޓައިލް

އިތުރަށް ←