ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ބޫތު ބަންގްލާ ރިލީޒްކުރުމުގެ ކުރިން، 'ގޯރްކާ' ފިލްމު ނުހަދާނެކަން އަކްޝޭ ކުމާރު ޔަގީންކޮށްދީފި

ބޫތު ބަންގްލާ ރިލީޒްކުރުމުގެ ކުރިން، 'ގޯރްކާ' ފިލްމު ނުހަދާނެކަން އަކްޝޭ ކުމާރު ޔަގީންކޮށްދީފި

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ އައު ފިލްމު 'ބޫތު ބަންގްލާ' ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އޭނާ ކުޅެން ހަމަޖެހިފައި އޮތް ވޯ ޑްރާމާ 'ގޯރްކާ' ދެން ނުހަދާނެކަން އޭނާ ޔަގީންކޮށްދީފިއެވެ. މިއާއެކު، ގިނަ ދުވަސްތަކެއް ވަންދެން މި ފިލްމާ ގުޅޭގޮތުން ދެކެވެމުންދިޔަ ވާހަކަތަކަށް މިވަނީ ނިމުމެއް އައިސްފައެވެ.

އަކްޝޭ މިކަން ކަށަވަރުކޮށްދީފައިވަނީ އޭނާގެ ސަޕޯޓަރުންނާއެކު ދާދިފަހުން ކުރިއަށްގެންދިޔަ ލައިވް ޗެޓް ސެޝަނެއްގައެވެ. މި ސެޝަންގެ ތެރެއިން ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ "ނޫން، ގޯރްކާ ފިލްމެއް ނުހަދަން. މީހަކު ދެންމެ އެ ފިލްމާ ބެހޭގޮތުން ސުވާލުކޮށްފި" މިފަދައިންނެވެ.

'ގޯރްކާ' އަކީ 2021 ވަނަ އަހަރު ވަރަށް ކުލަގަދަކޮށް އިއުލާނުކުރި ބަޔޯގްރަފިކަލް ފިލްމެކެވެ. މިއީ 1962، 1965 އަދި 1971 ގެ ހަނގުރާމަތަކުގައި ބައިވެރިވި އިންޑިއަން އާމީގެ 5 ވަނަ ގޯރްކާ ރައިފަލްސްގެ މޭޖަރ ޖެނެރަލް އިއަން ކާޑޯޒޯގެ ހަޔާތުގެ މައްޗަށް އުފައްދަން ނިންމި ފިލްމެކެވެ.

މި ފިލްމުގެ މަސައްކަތް މަޑުޖެހިފައިވާކަން ފިލްމު އުފައްދާ ފަރާތް ކަމަށްވާ އާނަންދު އެލް. ރާއީ 2023 ވަނަ އަހަރު ވަނީ ހާމަކޮށްފައެވެ. އޭނާ އޭރު ބުނެފައިވަނީ ޓެކްނިކަލް މައްސަލަތަކަކާއި ފިލްމުގައި ހިމެނޭ ބައެއް ހަގީގަތްތައް އިތުރަށް ސާފުކުރަން ޖެހިފައިވާތީ ފިލްމުގެ މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލީ ކަމަށެވެ.

އަކްޝޭ ކުމާރު މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެމުން އަންނަނީ އޭނާގެ އައު ހޮރޯ-ކޮމެޑީ ފިލްމު 'ބޫތު ބަންގްލާ' އަށެވެ. އަކްޝޭގެ އެންމެ ފަހުގެ މި ބަސްދީގަތުމާއެކު، 'ގޯރްކާ' ޕްރޮޖެކްޓް އެއްކޮށް ހުއްޓާލީކަން މިހާރު މިވަނީ ކަށަވަރުވެފައެވެ.

ލައިފްސްޓައިލް

އިތުރަށް ←