ބުދަ، 18 ނޮވެމްބަރު 2026
ލައިފްސްޓައިލް

ދުރަންދަރ 2 ގައި ދާވޫދު އިބްރާހީމް ދައްކުވައިދިން ގޮތާމެދު ސުވާލު އުފައްދައިފި

ރާމް ގޯޕާލް ވަރުމާ (ވ) އަދި ދާވޫދު އިބްރާހިމް --- ފޮޓޯ: އެންޑީޓީވީ
ރާމް ގޯޕާލް ވަރުމާ (ވ) އަދި ދާވޫދު އިބްރާހިމް --- ފޮޓޯ: އެންޑީޓީވީ

ދުރަންދަރ 2 ގައި ދާވޫދު އިބްރާހީމް ދައްކުވައިދިން ގޮތާމެދު މަޝްހޫރު ފިލްމު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ ސުވާލު އުފައްދައިފިއެވެ.

ރާމް ގޯޕާލް ވަރުމާ (އާރް.ޖީ.ވީ) ވަނީ ދާދި ފަހުން ނުކުތް ބްލޮކްބަސްޓަރ ފިލްމު "ދުރަންދަރ 2: ދަ ރިވެންޖް" އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ނަމަވެސް، މި ފިލްމުގައި އަންޑަވޯލްޑް ޑޮން ދާވޫދު އިބްރާހީމްގެ ކެރެކްޓަރ ދައްކުވައިދީފައިވާ ގޮތާމެދު އޭނާ ވަނީ ޚިޔާލު ތަފާތުވުން ފާޅުކޮށްފައެވެ.

ފިލްމުގައި ދާވޫދު ދައްކުވައިދީފައިވަނީ "ބަޑޭ ސާހަބް" ގެ ނަމުންނެވެ. އަދި އޭނާއަކީ ޕާކިސްތާނުގައި ހުރެގެން އިންޑިއާއަށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކުގެ މޭސްތިރިޔާގެ ގޮތުގައި ފިލްމުގައި ސިފަކޮށްފައިވެއެވެ.

އެހެންނަމަވެސް، ލިޔުންތެރިޔާ ހުސައިން ޒައިދީގެ ޔޫޓިއުބް ޗެނަލްގައި ވާހަކަދައްކަމުން ރާމް ގޯޕާލް ވަރުމާ ބުނީ، ދާވޫދު އިބްރާހީމް ފިލްމުގައި ދައްކުވައިދީފައިވާ ގޮތަކީ ރަނގަޅު ގޮތެއް ކަމަށް އޭނާއަށް ގަބޫލުނުކުރެވޭ ކަމަށެވެ. "އެމީހުންގެ އަމިއްލަ ސޯސްތަކެއް ހުރެދާނެ، އެކަމަކު އަހަންނަށް ހީވަނީ އެ ދައްކުވައިދިނީ ނުބައިކޮށް ހެން،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، ދާވޫދު ވަނީ މީގެ 20 އަހަރު ކުރިން ކުށްކުރުން ހުއްޓާލާފައި ކަމަށް އޭނާ ގަބޫލުކުރެއެވެ. އަދި އޭނާ އަމިއްލައަށް އެކަހެރިވެގެން ހުންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި، ބަލިވެ އުޅޭ ކަމުގެ އަޑުތަކެއްވެސް ފެތުރިފައިވާކަން ވަރުމާ ފާހަގަކުރިއެވެ.

މިކަމާ ގުޅޭގޮތުން ޔަގީންކޮށް އެއްޗެއް ބުނަން ނޭނގޭނެކަމަށް އޭނާ އެއްބަސްވިއެވެ. "މިއީ ހަގީގަތްކަން އެއްވެސް މީހަކަށް ނޭނގޭނެ. އަހަންނަކަށްވެސް އެއީ ދޮގެއްކަމެއް ސާބިތެއް ނުކޮށްދެވޭނެ، އަދި ޑައިރެކްޓަރަށްވެސް އެއީ ތެދުކަމެއް ސާބިތެއް ނުކޮށްދެވޭނެ،" އާރް.ޖީ.ވީ ބުންޏެވެ.

އާދިތްޔަ ދާރް ޑައިރެކްޓްކޮށް ރަންވީރު ސިންގް ލީޑް ރޯލުން ފެނިގެންދާ "ދުރަންދަރ 2" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމެކެވެ. މި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 1700 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.




ލައިފްސްޓައިލް

އިތުރަށް ←